ކޯވިޑް-19: އަދަދުތައް ތިރިއެއްނުވޭ، އިތުރު 121 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އަދަދުތައް ތިރިއެއްނުވޭ، އިތުރު 121 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2021 10:00
0

ރާއްޖެެއިން މިއަދު 121 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 102 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 04 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 15 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 16،276އަށް އަރާފައެވެ.

މިހާރު މިބައްޔަށް ފަރުވާދެމުން އަންނަނީ 1،879 މީހަކަށެވެ. އަދި އޭގެތެރެއިން 178 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވީ 74 މީހުންނެވެ. މިއާއެކު މިހާތަނަށް 14،337 މީހުން މިބަލިން ރަނގަޅުވެފައިވެއެވެ. އަދި އެ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޓެސްޓްކުރުމަށް ނެގި 3،197 ސާމްޕަލާއެކު މިހާތަނަށް 420،657 ސާމްޕަލް ރާއްޖޭގައި ނަގާފައިވެއެވެ.

ކޯވިޑް ބަލިމަޑުކަމުގައި 52 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 44 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާތީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 11 އިން ފެށިގެން ފަތިހު 04:30 އާއި ހަމައަށް ކާފިއު ހިންގުމަށް ނިންމާފައިވާއިރު، ރޭގަނޑު 20:30 އިން ފަތިހު 04:30އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވަނީ ކޯވިޑްގެ އައު ވޭރިއަންޓު އުޅޭތީކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.