ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅުނު ލަންކާ މަސް ބޯޓެއް ހިފަހައްޓައިފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅުނު ލަންކާ މަސް ބޯޓެއް ހިފަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2021 08:36
0

ޤަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ސ.ގަމުގެ ދެކުނުން 15 ނޯޓިކަލް މޭލު ބޭރުން، ބޭރުގެ މަަސް ބޯޓެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެ މަސްބޯޓު އެ ސަރަޙައްދުގައި ހަރަކާތްތެރިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވަނީ އެ ސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު ސ.މަރަދޫ "ރަސްކުރި" ނަމަކަށް ކިޔާ މަސްދޯންޏަކުން މިއަދު 14:27 ހާއިރުކަމަށް އެމްއެންޑީްއެފްުން ވިދާޅުވެއެވެ.

މި ބޯޓު ފެނުނުކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ކާމިޔާބު" ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 16:25 ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެ ބޯޓު ބަލާ ފާސްކޮށް ބެލި ބެލުމުގައި، ބޯޓުގައި ތިބީ ސްރީލަންކާގެ 5 ފަޅުވެރިންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.