ގއ. މާމެންދުއަށް އުފަން އުމުރުން 25 އަހަރުގެ ސަލްމާ ނަސީރު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން މުޅި މާމެންދުއަށް ވަނީ ހަމަ ހިމެނޭކަން އައިސްފައެވެ.
ވިހެވުމުގެ ތެރޭގައި ސަލްމާ މިއަދު އޭޑީކޭގައ ނިޔާވުމާއި ގުޅިގެން މުޅި އާއިއާއާއި އެކުވެރިންނަށް ވަނީ ހިތްދަތިކަމާއި ސިހުން ލިބިފައެވެ. ސަލްމާގެ އަލަތު ދަރުފުޅު ވިހޭތާ ގިނަ އިރުތަކެއް ނުވަނީވެސް ސަލްމާ ވަނީ ނިޔާވެފައެވެ. ސަލްމާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ 22 ގައި އާސަހަރާ މިސްކިތުގައި ކުރުމަށް ވަނީ ހަމަޖެހިަފައެވެ.
انا للله وانا اليه راجعون
ކޮއްކޮގެ އެންމެހާފާފަތައް ފުއްސަވާދެއްވާ ހެޔޮރަހުމަތް ލައްވާ، ކައްވަޅުގެ އަޒާބުން ސަލާމަތްކޮއްދެއްވާ، ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. امين pic.twitter.com/MrXOFloSZo— Muhuthaz Muhusin (@Muhuthaz) February 3, 2021
ސަލްމާ ވަކިވެ ދިއުމާއި ގުޅިގެން މުޅި ސޯޝަލް މީޑިޔާގައި ދަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އަދި ސަލްމާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި އެތައް ބަޔަކު ދަނީ ދުޢާކުރަމުންނެވެ. ޚަބަރު އޮންލައިންގެ ފަރާތުންވެސް ސަލްމާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރިވެ ނިއުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.
ކޮމެންޓު ފޮނުވާ