ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ކުރަން އެނގޭ ހަމައެކަނި ކަމަކީ ޖިންސީ ފުރައްސާރަކުރުމާއި ވައްކަންކުރުންކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މޯލްޑިވް ގޭސްގެ އެކްޓިންމެނޭޖިންގ ޑިރެކްޓަރ ޢަލީ އިކްރާން އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައެއް ބަލަމުންދާތީ އެކަމަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ، މިސަރުކާރަށް ކުރަން އެނގެނީ މައިގަނޑު ދެ ކަމެއްކަމަށެވެ. އެއީ ޖިންސީ ފުރައްސާރަ ކުރުމާއި، ވައްކަންކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ.
މާދަމާ މަޖިލީހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިކަމަށް އަލިއަޅުއްވާލައްވާނެކަމަށް އުއްމީދުކުރަން.
– ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް
ރާއްޖޭގައި ފަހަކަށް އައިސް ކުންފުނިތަކުގެ އިސް ވެރިންނާއި ސަރުކާރުގެ އިސްވެރިންގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވޭއިރު، ކޮރަޕްޝަންގެ މައްސަލަތައްވެސް އިތުރުވެފައިވާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އަލީ އިކުރާމްގެ މައްސަލައެއް ދަނީ ބަލަމުންނެވެ. އިކްރާމުގެ މައްސަލައެއް ބަލަމުން އަންނަކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާއާއި ގުޅޭގޮތުން ބަލަމުން އަންނަނީ ކޮން މައްސަލައެއްކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭނާ ސަސްޕެންޑްކޮށްފައެއް ނުވެއެވެ.މޯލްޑިވް ގޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ކޮމެންޓު ފޮނުވާ