ކުއްލި ޙާލަތު އަންނަ މަހުގެ 5 އާއި ހަމައަށް އިތުރުކޮށްފި

ކުއްލި ޙާލަތު އަންނަ މަހުގެ 5 އާއި ހަމައަށް އިތުރުކޮށްފި

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2021 03:06
0

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފައި މިވަނީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނުނުގެދަށުން، މުޅި ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެންމެ ފުރަތަމަ އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗްމަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ މަހަކުވެސް އަންނަނީ އެ މުއްދަތު އިތުރުކުރަމުން ނެވެ.

ރާއްޖޭގައި ކުއްލި ޙަލަތު އަނެއްކާވެސް އިތުރުކޮށްފައި މިވަނީ ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް ވަރަށް ބޮޑަށް އޮތުމުންކަމަށާއި، ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ ކަމަށްވެސް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވާ ނެރުނު ބަޔާނުގައިވެއެވެ.

ރާއްޖޭގައި މިހާރު ބަލި ފެތުރުން އިތުރުބެފައިވާއިރު، އައު ވޭރިއަންޓު އުޅޭކަން އެޗްޕީއޭއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން ރާއްޖެއަކީ މިހާރު މިބަލީގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.