ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާ ބޮޑުވެފައިވަނީ، ހަރުކަށި ފކުރުގެ ޤައިދީންނާއި އެހެން ކުށްތަކުގައި ޖަލަށްލެވޭ ޤައިދީން މައްސުނި ކުރުމުގެ ސަބަބުންކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގެ "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް" ހުޅުވައިދެއްވައި، އެ ޔުނިޓުގެ އެސްއޯޕީ އިފްތިތާޙް ކޮށްދެއްވުމަށްފަހު މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ފުޅާކޮށް ފެތުރެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ހަރުކަށި ފިކުރާއި ގުޅުންހުރި މައްސަލަތަކުގައި ޖަލުގައި ބަންދުކުރެވޭ މީހުންނާއި އެހެން ޤައިދީންނާއި މައްސުނިވެ ޖަލުތަކުގައި އެފިކުރު ފެތުރުންކަމަށެވެ.
Raajjeyga harukashi fikuru ge nurakkaatherikan fulhaakoh fethuren medhuverivi emme bodu sababakee harukashi fikuraa gulhunhuri massala thakuga jaluga bandhukurevey meehunnaa ehen gaidhidheennaa massunive jaluthakugai efikuru fethurun. https://t.co/2FSwq6WRC4
— Imran Abdulla (@ShimranAb) February 3, 2021
ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ސަރުކާރާއި އެހެން ބައެއް ފަރާތްތަކުންވެސް އަންނަނީ ފާޅުކުރަމުންނެވެ. އަދި އެކަމަށް ހައްލު ގެނައުމަސް މަސައްކަތް ކުރަމުން އަންނައރު، ރާއްޖެއިން ބޭރަށް ޖިހާދުގެ ނަމުގައި ގޮސް އަންނަ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ގިނަވެ، މުޖުތަމައަށް ނުރައްކާވާ ގޮތަށް ބައެއް ހާލަތްތަކުގައި ޢަމަލުކުރާއިރު، އެކމަސް ހައްލެއް ނެގުނެވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތްކަމެވެ. އަދި އިސްލާމްދީނާއި ފާޅުގައި ދެކޮޅު ޝުކޫރު ފާޅުކުރުމާއި ދީނުމުގައި އޮންނަ ގޮތް ނޫން ގޮތަކަށް މައުލޫމާތު ފަތުރައި ހަގީގަތް އޮޅުވާލުމަށް ބައެއް ހާލަތްތަތަކުގައި މަސައްކަތް ކުރެވިގެންދާތަން ދަނީ ފެންނަމުންނެވެ.
ކޮމެންޓު ފޮނުވާ