ގޭބީސީތަކުން ކުނި ނެރެންޖެހޭ ގަޑިއަށް ބަދަލު ގެނެސްފި

ގޭބީސީތަކުން ކުނި ނެރެންޖެހޭ ގަޑިއަށް ބަދަލު ގެނެސްފި

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2021 02:57
0

ގޭބީސީތަކުގައި އުފެދޭ ކުނި ނެރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ބަދަލު ގެނެސްފިއެވެ. ވެމްކޯއިން ބުނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއުއާއި ގުޅިގެން ވެމްކޯއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.

ވެމްކޯއިން މިބަދަލު ގެނެސްފައި މިވަނީ، ރާއްޖޭގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ، ރޭގަނޑު 08:30 އިން ފެށިގެން ފަތިހު 04:30 އަށް އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށާއި، ރޭގަނޑު 11:00 އިން ފަތިހު 04:30 އަށް މިރެއިން ފެށިގެން ކާފިއު ހިންގުމަށް ނިންމާފައިވާތީއެވެ.

ވެމްކޯއިން ބުނީ، ހުކުރު  ދުވަސް ނޫން އެހެން ހުރިހާ ދުވަހެއްގައި ތިލަފުށީ ސައިޓުން ހިދުމަތްދޭނީ ހެނދުނު 8:30 އިން ރޭގަނޑު 20:00 އަށެވެ. ހުކުރު ދުވަހު ހިދުމަތްދޭނީ ހެނދުނު 8:30 އިން 11:00 އަށް އަދި މެންދުރުފަހު 14:20 އިން ރޭގަނޑު 20:00 އަށެވެ.

ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސައިޓުން ހިދުމަތްދޭނީ ހެނދުނު 8:00 އިން ރޭގަނޑު 20:00 އަށެވެ. ހުކުރު ދުވަހު ހިދުމަތްދޭނީ ހެނދުނު 8:00 އިން 11:00 އަށް އަދި މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ.

ވެމްކޯ އިން ބުނީ ގޭބީސީތަކުގައި އުފެދޭ ކުނި ނެރުމަށް މިހާރު ކަނޑައަޅަފައިވަނީ ރޭގަނޑު 20:30 އިން 21:30އަށް ކަމަށެވެ.

ވެމްކޯއިން މިބަދަލު ގެނެސްފައިވާއިރު، ވެމްކޯއިން ގޭބީސަތަކުގައި ކޮންމެ ދުވަހަކު އުފެދޭ ކުނި އުކާލަމުން މިހާރު ގެންދަނީ ރޭގަނޑު 22:00 އިން 00:00 އާއި ދެމެދު އެވެ. އަދި އެގަޑީގައި ކޮންމެ ގޭބީސީއެއްގެ އެންމެ ތރީ ފަންގި ފިލާގައި ކުނި ފަޭހައިން ނެގޭނެގޮތަށް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުނި އުކާލުމަށް ނެރޭއިރު ދެ ކޮތަޅު ލައްވާފައި ކުނި ކޮތަޅު ރަނގަޅަށް ބަންދުކޮށްފައި ނެރުމަށްވެސް ވެމްކޯއިން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.