19 ރަށެއްގެ ފެން ފަށަލަ ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި

19 ރަށެއްގެ ފެން ފަށަލަ ދިރާސާކުރުމަށް ބަޔަކާ ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2021 02:12
0
ރާއްޖޭގެ 19 ރަށެއްގެ ފެން ފަށަލަ ދިރާސާކޮށް އިއާދަ ކުރެވޭނެ ފަރުމާ ތައްޔަރުކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެގޮތުން އެ ރަސރަށުގެ ފެން ފަށަލަ ދިރާސާކޮށް އިޔާދަކުރުމުގެ ވަސީލަތްތަކުގެ ފީސިބިލިޓީހަދައި، ކޮންސެޕްޓާއި ޑީޓެއިލްޑް ޑިޒައިން ތައްޔާރު ކުރަން ހަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާއި، އިޕޮކް އެސޯސިއޭޓްސްއާއެވެ.
9 މަސްތެރޭ ނިންމާގޮތަށް މި މަސައްކަތް ހަވާލުކުރީ 7.2 މިލިއަން ރުފިޔާއަށެވެ. ފެން ފަށަލަ ދިރާސާ ކުރުމަށް ނިންމާފައިވާ ރަށްރަށަކީ، އއ.މަތިވެރި، އެ އަތޮޅުގެ ހިމަންދޫ، އދ.ކުނބުރުދޫ، ދ.ބަނޑިދޫ، އެ އަތޮޅު ހުޅުދެލި، މ.ނާލާފުށި، އެއަތޮޅު ވޭވަށް، ތ.ކަނޑޫދޫއާއި، އެ އަތޮޅު ވަންދޫ، އޮމަދޫ، ދިޔަމިގިލި އަދި ގާދިއްފުއްޓެވެ.
މީގެ އިތުރުން ގްރީން ކްލައިމެޓް ފަންޑް ޕްރޮޖެކްޓް ހިންގުމަށް ނިންމާފައިވަނީ ށ.ފޯކައިދޫ، ގއ.މާމެންދޫ،  އެ އަތޮޅު ނިލަންދޫ، ގދ.ފަރެސްމާތޮޑާ،  އެ އަތޮޅުގެ ރަތަފަންދޫ، ނަޑެއްލާ އަދި ހޯނޑެއްދޫއެވެ. މި މަޝްރޫއަކީ 2017 އިން ފެށިގެން ފަސް އަހަރު ދުވަހަށް ފެނުގެ ހިދުމަތް ހަރުދަނާ ކުރަން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫޢުތަކުގެ ދަށުން ރާއްޖޭގެ 29 ރަށެއްގެ 19,871 ރައްޔިތުންގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރުކޮށްދީ، ފެނުގެ ފަށަލަ ދިރާސާ ކޮށް މޮނިޓާ ކުރުމާއެކު ހޫނު މޫސުމުގައިި ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލާނެއެވެ. މި އެއްްބަސްވުމުގައި އެންވަޔަރަންމެންޓް މިނިސްޓްރީން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ. ރިޔަން ގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު މަރްޔަމް މުހައްމަދު ޒަކީއެވެ. އީޕޮކްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުއްސައްތާރެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ފެން ތަޣައްޔަރުވެ ފެނުގެ މައްސަލަ ވަނީ ބޮޑޫވެފައެވެ. އަދި ހޫނު މޫސުމުގައި ފެނަށް ޖެހޭ ރަށްތައްވެސް ގިނަ އެވެ. ސަރުކާރުން ވަނީ 2023 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްފައި ފެނާއި ނަރުދަމާ އެޅުމަށް ވަޢުދުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.