ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 10:30އަށް

ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 10:30އަށް

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2021 11:26
0

މާލެ ސަރަޙައްދުގައި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ. އެ މިނިސްޓްރީން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަފަދަ ތަންތަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ފިހާމީގެ އިތުރުން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށްކަމަށް ވެސް ކަނޑައަޅާފައިވެއެވެ. ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުންވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކެފޭ ރެސްޓޯރެންޓުގައި ހުޅުވާފައި ބެހެއްޓޭނެ ގަޑި ކުޑަކޮށްފައިވާއިރު، މިދިޔަމަހުގެ 24ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީންވަނީ ކެފޭ، ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭނެ ގަޑި އިތުރުކޮށްފައެވެ. އޭރު ކަނޑައަޅާފައިވަނީ ފަތިހު 4:30 އިން މެންދަމު 1:00އަށް ހުޅުވާފައިބެހެއްޓޭނެ ގޮތަށެވެ. އެބަދަލު ގެނައި އިރު ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތެއްކަމަށް ކަނޑައަޅާފައިވަނީ ފަތިހު 4:30އިން ރޭގަނޑު 11:30އަށެވެ.

މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 11 އިން 04:30 އަށް ކާފިއު ހިންގުމާއި، ރޭގަނޑު 08:30 އިން ފަތުހު 04:30 އަށް ފައި މަގުގައި އުޅެންޖެހޭގޮތަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.