ފާހަގަ ފުންމާލި ބަޔަކަށް، ވެކްސިން ފަޅޮލެއްގޮތަށްވެސް ފެނިދާނެ: ވަޑިމޫކޭ

ފާހަގަ ފުންމާލި ބަޔަކަށް، ވެކްސިން ފަޅޮލެއްގޮތަށްވެސް ފެނިދާނެ: ވަޑިމޫކޭ

Author
މުޙައްމަދު ޖިމީ
03 ފެބްރުއަރީ 2021 10:10
0

ވޯޓު ކަރުދާހުގައި ޖެހި ފާހަގަ ހެމުން ނަށަމުން ޖެހިގެން އިން ގޮޅިއަށް ފުންމާލައިގެން ކޯޓަށް ދިޔަ ބަޔަކަށް، ކޯވިޑް ވެކްސިން ކޯރާޑި ތެލުގެ ގޮތުގައި ފެނިދާނެކަމަށް ވިދާޅުވެ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޯވިޑުން ރައްކާތެރިވުމަށް ކޮވިޝީލްޑް ވެކްސިން މިމަހުގެ ފުރަތަމަ ދުވަހު ޖަހަން ފަށާފައިވާއިރު، އިދިކޮޅުން އަންނަނީ ވެކްސިނާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ދައުލަތުގެ އިސްވެރިން ޖެއްސެވީ، ފައިޒާ ވެކްސިންކަމަށާއި، ކޮވިޝީލްޑު ވެކްސިންގެ ބޭރުގައި އިން ލޭބަލް، ފައިޒާ ވެކްސިންގައ ހަރުކޮށްގެން އޅުވާލާފައިވާކަމަށް އިދިކޮޅުގެ ބައެއް ބޭފުޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި ފައިޒާ ވެކްސިން ދައުލަތުގެ ވެރިން ޖެއްސެވިނަމަވެސް، ޢާންމު ރައްޔިތުން ޖަހަންޖެހެނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިންކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެކަމަށް ރައްދު ދެއްވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓާރ މޫސާ ޢަލިމަނިކު (ވަޑިމޫކޭ) ވިދާޅުވީ، ވޯޓު ކަރުދާހުގައި ޖެހި ފާހަގަ ހެމުން ނަށަމުން ޖެހިގެން އިން ގޮޅިއަށް ފުންމާލައިގެން ކޯޓަށް ދިޔަ ބަޔަކަށް، ބޮޑެތި ޓިނުގަނޑު ގަނޑާއި ފަޅޮލާއި އައި ވީ އަދި ކޯރާޑި ތެލުގެ ގޮތުގައި ވެކްސިން ފެނިދާނެކަމަށެވެ.

ރައީސް ޖައްސަވާފައިވަނީ އެމެރިކާގެ ފައިޒާ ކުންފުނީގެ ވެކްސިންކަމަށް އިދިކޮޅުން ބުނި ނަމަވެސް ރައީސް އޮފީހުން ވަނީ އެކަން ދޮގުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހުރިހާ ކެމެރާތަކެއްގެ ކުރިމަތީގައި ރައީސް ޖެއްސެވީ ކޮވިޝީލްޑް ވެކްސިންކަމަށެވެ. އަދި ކެމެރާތައް ކުރިމަތީ އެކަން ކުރެއްވީވެސް ރައްޔިތުންނަށް މިވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ޔަޤީންކޮށްދެއްވުމަށްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ފޮނީ ކަމުން ހައްދެއް ނެތް ...މި ވަރެއް ނެތިގެން މި ކާކު ދެން...
W Waail
Ais Hama Hithaavefadhw thihuree