އަދާލަތު ޕާޓީން ބުނަނީ އިންތިޚާބު ބާތިލް ކުރަން ކޯޓަށް ހުށަނާޅާކަމަށް

އަދާލަތު ޕާޓީން ބުނަނީ އިންތިޚާބު ބާތިލް ކުރަން ކޯޓަށް ހުށަނާޅާކަމަށް

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2021 08:56
0

އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ކަނޑައެޅުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެޕާޓިގެ އެތެރޭގެ ރިޔާސީ އިންތިޚާބު ބާޠިލްކުރުމަށް ސިވިލް ކޯޓަށް ހުށަހެޅިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީގެ އިންތިޚާބު ބާތިލުކުރަން އެޕާޓީގެ އާންމު މެމްބަރަކު ސިވިލްކޯޓަށް ހުށަހަޅާފައިވާކަމަށް މީޑިޔަތަކުގައި އާންމުކޮށްފައިވާ ޚަބަރާއި ގުޅިގެން އަދާލަތު ޕާޓީން ބުނެފައިވަނީ އިންތިޚާބު ބާތިލު ކުރުމަށް ކޯޓަށް ހުށަހަޅާފައިވާކަމަށް ފަތުރަނީ ދޮގު ޚަބަރެއް ކަމަށެވެ. އަދި އެކަން މީޑިޔާތަކުން ރިޕޯޓުތަކުގައި އެޕާޓީގެ ބަހެއް ނުހޯދަކަމަށްބުނެ އަދާލަތު ޕާޓީން ވަނީ މިޑީޔާތަކަށްވެސް ފާޑުވިދާޅުވެފައެވެ.

އަދާލަތު ޕާޓީގެ އިންތިޚާބު ބާތިލު ކުރުމަށް ކޯޓަށް ހުށަހަޅައިފިކަމަށްބުނެ ޝާއިއު ކޮށްފައިވާ ޚަބަރަކީ ދޮގު ޚަބަރެކެވެ. އަދާލަތު ޕާޓީގެ ބައެއް ނުހޯއްދަވާ ރިޕޯޓް ކުރުމަކީ އަދާލަތު ޕާޓީ އިން ހިތާމަކުރާ ކަމެއް، އެއީ ޕްރޮފެޝަނަލް ޖާނަލިޒަމެއްނޫން. އަދާލަތު ޕާޓީން ބުނެފައިވެއެވެ.

– އަދާލަތު ޕާޓީން ބުނެފައިވެއެވެ.

އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ކަނޑައެޅުމަށް ބޭއްވި އެޕާޓީގެ ރިޔާސީ އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބުކޮށް، ޕާޓީގެ 3 ވަނަ ދައުރުގެ ރައީސްކަމަށްވެސް އިމްރާން އަބްދުﷲ ވަނީ އިންތިޚާބުވެފައެވެ. ހޯމް މިނިސްޓަރގެ މަޤާމުވެސް ފުރުއްވަމުންދާ އިމްރާން މަޤާމަށް އިންތިޚާބު ވެފައިވަނީ އޭނާއާއި ވާދަ ކުރެއްވި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އޮންލައިންކޮށް ކުރިއަށްދިޔަ މި އިންތިޚާބުގައި 921 ވޯޓު އިމްރާނާއި އޭނާގެ ރަނިން މޭޓު އަޙްމަދު ޝަރީފް އަށް ލިބިވަޑައިގެންނެވި އިރު، އަހުމަދު ޒާހިރުއާއި އޭނާގެ ރަނިން މޭޓް އަޙްމަދު ނަޝީދަށް 167 ވޯޓު ލިބިފައިވެއެވެ. އިމްރާން މި އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ 84.65 އިންސައްތަ ވޯޓުންނެވެ.

ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި ތިބީ 6436 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.