މިއަދު ޕޮޒިޓިވްވީ 99 މީހުން

މިއަދު ޕޮޒިޓިވްވީ 99 މީހުން

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2021 10:04
0

ރާއްޖެެއިން މިއަދު 99 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 82 މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 05 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 12 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 16،155އަށް އަރާފައެވެ.

މިހާރު މިބައްޔަށް ފަރުވާދެމުން އަންނަނީ 1،833 މީހަކަށެވެ. އަދި އޭގެތެރެއިން 186 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވީ 73 މީހުންނެވެ. މިއާއެކު މިހާތަނަށް 14،263 މީހުން މިބަލިން ރަނގަޅުވެފައިވެއެވެ. އަދި އެ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޓެސްޓްކުރުމަށް ނެގި 3،471 ސާމްޕަލާއެކު މިހާތަނަށް 417،313 ސާމްޕަލް ރާއްޖޭގައި ނަގާފައިވެއެވެ.

ކޯވިޑް ބަލިމަޑުކަމުގައި 52 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 44 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާތީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 11 އިން ފެށިގެން ފަތިހު 04:30 އާއި ހަމައަށް ކާފިއު ހިންގުމަށް ނިންމާފައިވާއިރު، ރޭގަނޑު 20:30 އިން ފަތިހު 04:30އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވަނީ ކޯވިޑްގެ އައު ވޭރިއަންޓު އުޅޭތީކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.