ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރަމްގެ ތެރެއިން، މާލޭގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19 ގެ ވެކްސިންދިނުމަށް ނިންމައިފިއެވެ.
އެޗްޕީއޭއިން ބުނީ ޢުމުރުން70 އަހަރުންމަތީގެ މީހުންނަށް ވެކްސިން ދޭން ފަސާނީ މާދަމާއިން ފެށިގެންކަމަށެވެ. އެ އުމުރު ފުރާގެ މީހުން ވެކްސިން ޖަހަން ދިއުމަށް ތަނާއި ގަޑި ކަނޑައަޅައި އެޗްޕީއޭގެ ފަރާތުން އަންގަމުން ގެންދާނެލަމަށް އެ އެޖެންސީން ބުންޏެވެ.
މާލެ ސަރަހައްދުގައި މި ވަގުތު ވެކްސިން ދެމުންގެންދާ ތަންތަނަކީ :
ސޯޝަލް ސެންޓަރ
އޭ.ޑީ.ކޭ ހޮސްޕިޓަލް
ވިލިމާލެ ހޮސްޕިޓަލް
ސެނެހިޔާ

އެޗްޕީއޭއިން ވަނީ، ކްސިން ޖަހަންދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ވެގެން ނުވާނެކަމަށާއި، ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއްލުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ. މީގެ އިތުރުން ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމާއި، ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމާއި، ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
*️⃣ ކޯވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށް ކޯވިޑް-19 ގެ ވެކްސިންދިނުންhttps://t.co/b9u4B9hV1F
— Health Protection Agency (@HPA_MV) February 2, 2021
ރާއްޖޭގައި ކޯވިޑް-19އަށް ވެކްސިން ޖަހަން ފަށާފައިވަނީ އިއްޔެ އެވެ. އަދި ވެކްސިން ޖެހުމަށް my.health.mv ޕޯޓަލްގައި ރަޖިސްޓްރީވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ