މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީގެ މައްސަލައެއް ބަލަނީ

މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީގެ މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2021 07:47
0

މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އަލީ އިކުރާމްގެ މައްސަލައެއް ބަލަން ފަށައިފިއެވެ.

އިކްރާމުގެ މައްސަލައެއް ބަލަމުން އަންނަކަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާއާއި ގުޅޭގޮތުން ބަލަމުން އަންނަނީ ކޮން މައްސަލައެއްކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އޭނާ ސަސްޕެންޑްކޮށްފައެއް ނުވެއެވެ.މޯލްޑިވް ގޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރަކަށް ޢަލީ އިކްރާމް އައްޔަންކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ޝަޒައިލް ޝިޔާމް ސަސްޕެންޑްކޮށްފައިވާތީއެވެ. އޭނާ އަދިވެސް ހުންނެވީ ސަސްޕެނޝަންގައެވެ. އެނާ ސަސްޕެންޑްކޮށްފައިވަނީ މޯލްޑިވް ގޭސްއާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ކަމާ ގުޅުންހުރި އިދާރާތަކުން ބަލަމުން އަންނާތީއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.