ފިޔަވަޅުތައް ހަރުކަށިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަނީ

ފިޔަވަޅުތައް ހަރުކަށިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަނީ

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2021 03:21
0

ރާއްޖޭގައި ކޯވިޑު-19 ގެ ކޭސްތައް އަނެއްކާވެސް އިތުރުވެ ކޮންޓްރޯލް ނުވާ ހިސާބަށް ދިއުމުން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމައިފިއެވެ.

އެޗުއީއޯސީން އަޅާ ފިިޔަވަޅުތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަނީދު ބާއްވާ ޕްރެސް ބްރީފިން ގައެވެ. އެޗްޕީއޭ އިން ރޭ އާއްމުކުރި 24 ގަޑިއިރުގެ ހިސާބުތަކުގައި ވާގޮތުން 215 މީހުން ކޯވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖޭގެ ހާލަތު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ގޯސްވި އިރު ޕޮޒިޓިވި އަދަދާއި އެއްވަރުގެ އަދަދެކެވެ.

ސިއްހީ ދާއިރާގެ ގިނަ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައި މިވަނީ ކޯވިޑްގެ 3 ވަނަ ރާޅެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އާންމުކޮށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ކުޑަ ނުކުރުމަށް ސިއްހީ މާހިރުން ގެންދަނީ އިރުޝާދު ދެމުންނެވެ.

މިއަދު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ކުޅިވަރު ކުޅުން މަނާކުރުމާއި، މިހާރު ރޭގަނޑުގެ ވަކި ވަގުތެއްގައި އިއުލާން ކޮށްފައިވާ ކާފިއުގެ ގަޑި އަވަސް ކުރުމާއި ވަކި ވަގުތުތަކެއް އެއްގަމު އުޅަނދު ދުއްވުން މަނާކުރުން ހިމެނޭ ކަމަށްވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.