ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދުދޭ ގޮތް ކަމުގައި ހޯމް މިނިސްޓަރ ޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް މިހާރު ފަށަފައިވާ ކޯވިޑް ވެކްސިން ޕްރޮގުރާމުގައި ވެކްސިން ޖެއްސެވުމަށްފަހު އިމްރާން ވިދާޅުވީ ބަލި ތަކުން ރައްކާތެރިވުމަކީ އިސްލާމް ދީން އިރުޝާދުދޭ ގޮތް ކަމަށެވެ. ބަލިތަކުން ރައްކާތެރިވުމަށްޓަކައި މުޖުތަމައާއި އާއިލާގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ.
ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އިސްލާމް ދީން އިރުޝާދުދޭ ގޮތް. އެއީ ތިމާޔާއި ތިމާގެ އާއިލާއާއި މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. އަޅުގަނޑު ޖަހައިފިން.
– އިމްރާން ވިދާޅުވިއެވެ.
Balithakun rakkatherivumah alhanjehey fiyavalhuthah elhumakee Islam dheen irushaadhu dhey goyi. Ei thimaayaa thimaage aailaa aai mujthamau ge salaamathaa rakkaatherikamah kommehen kuranjehey kameh. Alhugandu ? jahaafin. pic.twitter.com/l6yrHZbByb
— Imran Abdulla (@ShimranAb) February 2, 2021
ކޯވިޑް-19ގެ ވެކްސިން ދައުލަތުގެ ތިންބާރުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވަނީ އިއްޔެ ޖައްސަވައި ރައްޔިތުންނަށް ނަމޫނާ ދައްކަވައިފައެވެ. ދައުލަތުގެ ވެރިންގެ ތެރެއިން ތިންބާރުގެ ވެރިންގެ ގޮތުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު މުއުތަސިމް އަދުދާނުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.
ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ