ރޭގެ ވަގުތެއްގައި ގެއްލިގެން ހޯދަމުންދިޔަ ބާޖު އޮޔާ ދަނިކޮށް މިއަދު ހެނދުނު ފެނިއްޖެއެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފައިވަނީ ކ.ތިލަފުށިން ފުރައިގެން ވ.ކުނާވަތަށް ކަފުޖަހައިގެން ދަތުރުކުރަމުންދިޔަ، 120 ފޫޓުގެ (Leo-Gem2) ނަމަކަށް ކިޔާ ބާޖެއް ވ.ކުނާވަށިީގެ 5 ނޯޓިކަލް މޭލު ބޭރުން ވާކަނޑައިގެން ގޮސް ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓް ގާޑް އިން ވަނީ އެހީތެރިކަމަށް ރޭ 22:33 ހާއިރު އެދިފައިވާކަމަށެވެ.
ކޯސްޓް ގާޑުން ބުނެފައިވަނީ ބާޖު ފެނިފައިވަނީ މިއަދު ހެނދުނު 6:23 ގައި އޮޔާ ދަނިކޮށް ކަމަށެވެ. ބާޖު ފެނިފައިވަނީ ބާޖު ހޯދަން މަސައްކަތް ކުރި އުޅަދަކަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ