ކޯވިޑް-19 އިން ރައްކާތެރިވުމަށް ކޯވިޑް ވެކެސިން ދޭން ފެށި ފުރަތަމަ ދުވަހު 282 މީހަކަށް ވެކްސިން ދީފައިވާކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.
ކޯވިޑުން ރައްކާތެރިވުމަށް އިންޑިއާއިން ރާއްޖެއަށް ހާދިޔާކުރި ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިއަދު ހެނދުނުއެވެ. އެގޮތުން މާލޭގެ 6 ސަރަހައްދަކާއި، އައްޑޫ ސިޓިއާއި ކުޅުދުށްފުށި ސިޓީގައި ވަނީ ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގެ ފުރަތަމަ މި ވެކްސިން ޖެއްސެވީ ހުޅުމާލެ މެޑިކަލް ފެސިލިޓީއާއި ހަވާލުވެޑައިގެން ހުންނެވި އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ. ޝިރާނީ އަބްދުއްރަހީމްއެވެ. އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ދައުލަތުގެ އަނެއް ދެ ބާރުގެ އެންމެ އިސްވެރިންވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. އަދި ބައެއ ްވަޒޒީރުންވެސް ވެކްސިން ޖައްސަވާފައިވެއެވެ. ވެކްސިންގެ ފުރަތަމަ ދުވަހު އައްޑޫ ސިޓީއާއި ކުޅުދުށްފުށީ ސިޓީގައި ކޮންމެ ސިޓީއަކުން 30 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ވެކްސިން ޕްރޮގްރާމް ފަށްޓަވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މިއަދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ފާއިތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ވަރަށް ހިންދަތި ދުވަސްތަކެއް ހޭދަކޮށްފައިވާކަމަށެވެ. ނަމަވެސް ޞިއްޚީ ދާއިރާގެ ބޭފުޅުންގެ އިރުޝާދާއި މަޝްވަރާގެ މަތީން ރާއްޖޭގައި އަޅަމުންދިޔަ ފިޔަވަޅުތަކާއިއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ޞިއްޚީ މަސައްކަތްތެރި ކުރެއްވި މަސައްކަތަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.
ކޯވިޑް-19 ގެ ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މިއަދު މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވެކްސިނަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފެށޭ ފުރަތަމަ މަސައްކަތް ކަމުގައެވެ.
މިއަދު ރާއްޖޭގައި ޖަހަން ފަށާފައިވާ ވެކްސިނަކީ އިންޑިޔާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިނެކެވެ. އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިން
ކޮމެންޓު ފޮނުވާ