ރޭ މާލޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މާލޭގައި ރޭގެ ވަގުތެއްގައި ހަތަރު ސަރަހައްދެއްގައި މާރާމާރީ ހިނގާފައިވެއެވެ. ފުރަތަމަ މާރާމާރީ ހިނގީ ކިންގް ސަލްމާން މިސްކިތް ސަރަހައްދުގައި ހުންނަ ފުޓްބޯޅަ ދަނޑު ކައިރީގައެވެ. ދެވަނަ މާރާމާރީ ހިނގީ އާސަރީ ހިނގުމުގައެވެ. އެމާރާމާރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. ޒަހަމް ވެފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މީގެ އިތުރުން ރޭ 11:30 ހާއިރު ވިލިމާލެ ފެރީ ޓާމިނަލް ކައިރީ ދެ ގްރޫޕެއްގެ ދެމެދު މާރާމާރީ ހިންގާފައިވާކަމަށާއި، 1:32 ގައި ވެސް ގ. މުތީ ގޯޅީގައި މީހަކަށް އަނިޔާވެ ވެއްޓިފައިވާ ކަމުގެ މައުލޫމާތުލިބިފައިވާއިރު އެއީވެސް މާރާމާރިއަކާއި ގުޅިގެން ހިނގިކަމެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މާރާމާރިތަކާއި ގުޅިގެން އައިޖީއެމްއެޗުގައި ތިން މީހަކަށް ފަރުވާދެމުން އަންނައިރު، އެކެއްގެ ހާލު ސީރިއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. މި މާރާމާރީތައް ފުލުހުން އަންނަނީ އިތުރަށ ތަޙްޤީޤްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ