Ad
މިސަރުކާރުން ވައްކަން ބަލައިފި، އަދީބުގެ ޤައުމީ މަސައްކަތަށް ޝުކުރުވެރިވަން: ހަލީމް

މިސަރުކާރުން ވައްކަން ބަލައިފި، އަދީބުގެ ޤައުމީ މަސައްކަތަށް ޝުކުރުވެރިވަން: ހަލީމް

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2020 11:46
0

ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ވައުދުވެ އައި ސަރުކާރުން ކިތަންމެހާވެސް ރަނގަޅަށް ވައްކަމުގެ މައްސަލަތައް ބަލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު އަހުމަދު ހަމީލް ވިދާޅުވެއްޖެ އެވެ.

ނުހައްޤު މުއްސަދިކަން ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި ޤާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާޙުގެބިލުގެ ބަޙުސްގެ މަރުޙަލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް(ދޮންބިލަތް) ވިދާޅުވީ ރާއްޖޭގައި ހިނގައިދިޔަ ވައްކަމާއި ކޮރަޕްޝަނަކީ އިއްޔެއަކު މިއަދަކު ހިނގައިގެން އުޅޭކަމެއް ނޫންކަމަށެވެ. ރާއްޖޭގައި ވައްކަން އާންމު ވެފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައިކަމަށް ހަލީމް ވިދާޅުވި އެވެ. ރައީސް މައުމޫން އެކަން ކުރެއްވީ ވެރިކަން ދަމަހައްޓައި ވަޒީރުން ބްލެކްމައިލް ކުރުމަށްކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ފާއިތުވެދިޔަ 5 އަހަރަކީ ރައްޖޭގައި މިހާތަނަށް އެންމެބޮޑު ވައްކަން ހިންގުނު އަހަރުތައްކަމަށެވެ.
މިމައްސަލަތައް ބެލުމަކީ ވެފައިވާ ވައުދަކަށްވާއިރު އެކަން ވަރަށް ރަނގަޅަށް ތަންފީޒު ވަމުންދާކަމަށް ހަލީމް ވިދާޅުވިއެވެ.

އަޅުގަނޑުމެން މަޖިލީހަށް އައީ އެމްއެމްޕީއާރުސީގެ މައްސަލަތައް ބަލަން ވައުދުވެ. އާދެ! އިއްޒަތްތެރި ރައީސް އަޅުގަނޑުމެން އެބަލަން، އަޅުގަނޑުމެން އެމައްސަލަ ބަލައިފިން ބޮޑުތަނުން. މިއަދު ރައީސް ޔާމީން ހުންނެވީ ކޮންތާކުތޯ؟ ރައީސް ޔާމީން އޮންނެވީ މާފުށީ ޖަލުގައި ވައްކަން ކޮށްގެން ހުކުމްކޮށްފަ. ކޮބައިތޯ އޭރުގެ ނައިބްރައީސް. މިއަދު އެހެރީ 20 އަހަރަށް ހުކުމްކޮށްފަ. އެހެންނަމަވެސް އެމަނިކުފާނު ހުންނެވީ ގޭގައި. މިއަދުއަދީބް އެކުރައްވަނީ ޤައުމީ މަސައްކަތެއް" ހަލީމް ވިދާޅުވި އެވެ.

ހަލީމްވަނީ މިއަދުގެ މަޖިލީހުގައި އަދީބަށް ވަރަށްބޮޑަށް ތައުރީފްކޮށް ވަހަކަ ދައްކާފައި އެވެ. އަދީބަށް ހުކުމް ކޮށްފައިވީނަމަވެސް މިއަދު ގޭގައި ހުންނަވައިގެން ކުރައްވަމުންދަނީ ވަރަށްބޮޑު ޤައުމީ މަސައްކަތެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދީބް ގޭގައި ބަހައްޓައިގެންވެސް ސަރުކާރުގެ އަމާޒަކީ މިކަން ހިނގައިދިޔަ ގޮތާއި މިކަމުގައި ޝާމިލުވާ މީހުން ހާމަކޯށް އަދަބު ދިނުން ކަމުގައި ހަލީމް ވިދާޅުވި އެވެ.

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު

އަދީބް ގޭގައި ބަހައްޓައިގެން ފުރާނަ ސަލާމްކޮށްގެންވެސް އަދީބް ލައްވައި ހުރިހާއެއްޗެއް އަޅުގަނޑުމެން ނެރުވަންޖެހޭ. އެމަނިކުފަނު ހުންނެވީ މިއަދު މިހުރިހާ ވާހަކައެއް މިޤައުމަށްޓަކައި ދައްކަން. އެމަނިކުފާނު މަޢާފަށް އެދި ހުރިހާ ވާހަކައެއް އެދަނީ ކިޔައިދެމުން. އަޅުގަނޑުމެން ކާމިޔާބްކޮށްފި. އެމްއެމްޕީއާރުސީ މައްސަލަ އަޅުގަނޑުމެން ކާމިޔާބްކޮށްފި. އެއީ އަޅުގަނޑުމެން އަތްބާނައިގެން ކުރިމަކެއްނޫން" ހަލީމް ވިދާޅުވި އެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ. އަދީބަށް ހުކުމް ކުރެއްވި ފަހުންވެސް އޭނާ ހުންނެނީ ބޭސްފަރުވާއަށްޓަކައި ކޯޓުގެ ހުއްދައާއިއެކު ގޭގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.