2 ކޮއްކޯފުޅު ވަކިވުމުގެ ހިތި ހަނދާން ޝާހިދު އައު ކުރައްވައިފި

2 ކޮއްކޯފުޅު ވަކިވުމުގެ ހިތި ހަނދާން ޝާހިދު އައު ކުރައްވައިފި

Author
ޢަލީ އާދަމް
30 ޖެނުއަރީ 2021 02:04
0

މީގެ 41 އަހަރު ކުރިން އެއްބަނޑު އެއްބަފާ އަންހެން 2 ކޮއްކޯފުޅު އަވަހާރަވި ހިތާމަވެރި ހާދިސާގެ ހަނދާން މިނިސްޓަރ ޢަބްދުﷲ ޝާހިދު އައު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރ ޝާހިދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވ. ކެޔޮދޫގައި މީގެ 41 އަހަރު ކުރިން ހިނގާދިޔަ ހިތާމަވެރި ހާދިސާއެއްގައި 2 ކޮއްކޯފުޅު އަވަހާރަވީ ހާދިސާގެ ހަނދާ ވަނީ އައު ކުރައްވާފައެވެ. އަދި ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފަށައި ޕޮލިސް ޕޯސްޓް ހުޅުވައިދެއްވަން އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ދެ ކޮއްކޯފުޅުގެ މަހާނައަށް ޒިޔާރަތްކޮށް ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައި ވެއެވެ.

ޝާހިދު ހަނދާން އާކުރައްވާފައި ވަނީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ ކެޔޮދޫގައި މޫދަށް އެރި އުޅުއްވަނިކޮށް އަވަހާރަވި ހާދިސާ އެވެ. މި ޕޯސްޓަށް އެތަށްބައެއް ކޮމެންޓްކޮށް ހެޔޮދުޢާ ކޮށްފައި ވެއެވެ.

ޝާހިދުގެ އާއިލާ އެދުވަސްވަރު ޗުއްޓީގައި ކެޔޮދުއަށް ވަޑައިގެން ޗުއްޓީ ހޭދަކުރައްވައެވެ. ނަމަވެސް އެ ހިތާމަވެރި ހާދިސާ ހިނގި 1980 ވަނަ އަހަރުގެ ޗުއްޓީގައި ޝާހިދު އެރަށަށް ވަޑައިނުގަންނަވައެވެ. އެދެބޭފުޅުން އަވަހާރަވީ ހާދިސާ ހިނގީ ކިހިނެތްކަމެއް އަދި މިހާތަނަށްވެސް ވަނީ ނޭނގިއެވެ.

އިއްޔެ ޝާހިދު ކުރެއްވި ޓްވީޓްގައި އަތުން ކުރަހާފައި ވާ އެ ދެބެންގެ ފޮޓޯއެއްވެސް ވަނީ ހިއްސާކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.