މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު އަނެއްކާވެސް ހެޔޮކޮށްފި

މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ އަގު އަނެއްކާވެސް ހެޔޮކޮށްފި

ގުޅުންހުރި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކޮށްފިއެވެ.

މި ބަދަލާއެކު މިހާރު މަސްވެރިންނަށް ޑީސަލް ލީޓަރެއް ލިބޭނީ 6.89ރ. އަށެވެ. މީގެ އިތުރުން ސަރުކާރުގެ ފަހި ހަކަތަ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ދޯނިތަކަށް އިތުރު 22 ލާރީގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެހެންވެ މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ދޯނިތަކަށް ޑީސަލް ލީޓަރެއް 6.67ރ. އަށް ލިބޭނެ އެވެ.

އެސްޓީއޯ އިން އެންމެ ފަހުން ޑީސަލްގެ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެއީ ލީޓަރެއް 7.33ރ. އަށެވެ. މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ކުޑަކުރިނަމަވެސް، މިފްކޯއިން އާއްމުންނަށް ވިއްކާ ޑީސަލްގެ އަގުވަނީ އެއްހަމައެއްގައި ހިފަހައްޓާފައެވެ. އާއްމު ފަރާތްތަކަށް ޑީސަލް ލިޓަރެއް ވިއްކަނީ 13 ރުފިޔާއަށްކަމަށް މިފްކޯއިން ބުނެއެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދިނުމުގެ ގޮތުން މިފްކޯ އިން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މަހުގެ އަގު "ފިކްސްޑް" ރޭޓެއްގައި ހުންނަތާ ހަތް އަހަރު ފަހުން އެ ކުންފުނިން ވަނީ އެ އަގު ދޫކޮށް، އެ އިރެއްގައި ދުނިޔޭގެ މާކެޓުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް މަސް ގަންނަން ނިންމައިފަ އެވެ.

މިފްކޯއަކީ ރާއްޖޭގައި މަސްވެރިން ބާނާ މަސް ގަނެ ޕްރޮސެސްކުރާ އެންމެ ބޮޑު ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ މަސް ގަންނަ ކެޕޭސިޓީ އިތުރުކޮށް، އަދި މަސްވެރިންނަށް އަވަހަށް ފައިސާ ދެއްކޭނެ ގޮތްތައް ފަހިކުރުމަށް މަސައްކަތްކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *