ސްޕެއިންނުން މޮޅެއް ހޯދައިގެން ނޭޝަންސް ލީގުގައި މެޗުގައި ވާދަވެރިންނަށް ވުރެ ބޮޑަށް ޑިފެންސްއާއި އެޓޭކުގައި ވަރުގަދަކަން ދައްކަންޖެހޭކަމަށް ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ނޭޝަންސް ލީގުގައި މިރޭ ޔުކްރެއިނާ ދެކޮޅަށް ނުކުތުމުގެ ކުރިން އެންރީކޭ ބުނީ މެޗަށް ތައްޔާރުވަނީ އެހެންމެޗެކޭ އެއްގޮތައް ކަމަށާއި އެޓީމުން މިމެޗުގައި ވެސް ތަފާތުގޮތަކަށް ތައްޔާރުނުވާނެ ކަމަށެވެ. އޭނާ ބުނީ އެންމެފަހުން ކުރިމަތިލުމުގައި ރަނގަޅު ނަތީޖާއެއް ލިބުނު ނަމަވެސް މިމެޗުގައި ޔުކްރެއިން ތަފާތުވާނެކަން އެނގޭކަމަށެވެ. އެޓީމު ހިމެނޭ ގުރޫޕުން އެއްވަނައިގައި ނިންމާލަން ބޭނުންވާކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނިއެވެ.
ކުރިން މެޗުތަކުގައި ތައްޔާރުވިހެން ތައްޔާރުވާނީ، ވަކިތަފާތެއް ނުކުރާނަން، ބޭނުންވަނީ ގުރޫޕް ސްޓޭޖު އެއްވަނައިގަ އޮވެ ނިންމާލަން " ގުރޫޕްގެ އެއްވަނައިގަ އޮތް ސްޕެއިންގެ ކޯޗު ބުނެފައިވެ އެވެ.
މެޗުގެ ކުރިން ޔުކްރެއިންގެ ކޯޗު އަންދްރޭ ޗެވްޗެންކޯ ބުނީ މީގެ ކުރިން ބޮޑެތި ޓީމުތައް ކަމަށްވާ ފްރާންސް އާއި ޖަރުމަނާ ވާދަކޮށް ބަލިވެފަ އޮތުމުން ސްޕެއިން ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު އެކަމުގެ ނުރަނގަޅު އަސަރު ނުކުރާނެކަމަށެވެ. އެ ދެމެޗުގައި ޓީމު ބަލިވިޔަސް ޓީމުން ކުރި ހިއްވަރު ފެނުނުކަމަށާއި މެޗާ ކުރިމަތިލާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގައި ހިމެނޭ ކޮލިޓީ ކުޅުންތެރިން އަދަދު މަދުވުންކަމަށް ޗެވްޗެންކޯ ބުނެފައިވެ އެވެ.
އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިން މަދުކަން، މި ފެންވަރުގައި މެޗުތަކުގައި ވާދަކުރެވީ ކޮލެޓީ ރަނގަޅު ކުޅުންތެރިން ތިބެގެން، އާ ކުޅުންތެރިން ފެނުމުގެ ފުރުސަތު ކުޑަ، ކުރިންމެޗުގެ ނެރުނު ޓީމު ބޭނުންކުރާނީ " ޗެވްޗެންކޯ ބުނެފައިވެ އެވެ.
މިދިޔަމަހު މި ދެޓީމު ސްޕެއިންގައި ވާދަކުރި މެޗު 4-0 ލަނޑުން ކާމިޔާބުކުރީ ސްޕެއިނެވެ.