ފުރަތަމަ މުބާރާތަކަށް، ތްރީ އޮން ތްރީ ވެޓްރަންސް މުބާރާތް

ފުރަތަމަ މުބާރާތަކަށް، ތްރީ އޮން ތްރީ ވެޓްރަންސް މުބާރާތް

Author
އިބްރާހީމް ސާޢިދު
24 ޖެނުއަރީ 2021 11:46
0

ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން މި އަހަރުގެ ފުރަތަމަ މުބާރާތަކަށް، ތްރީ އޮން ތްރީ ވެޓްރަންސް މުބާރާތް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވެޓަރަންސްއަށް ހާސްކޮށްފައިވާ ތްރީ އޮން ތްރީ މުބާރާތް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން އެމްބީއޭން ބުނީ، ވެޓަރަންސް މުބާރާތް ހާއްސަ ކުރާނީ ކޮން ކެޓަގަރީއަކަށްތޯ އެ އެސޯސިއޭޝަނުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެމްބީއޭގެ ކަލަންޑަރު، އެސޯސިއޭޝަނުން ވަނީ އާންމު ކޮށްފަ އެވެ.

ބާސްކެޓްގެ ކޯޓް ހަރަކާތްތައް މިފަށަނީ، މުބާރާތްތައް މެދުކަނޑާލިތާ އެއް އަހަރު ފަހުންނެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މުބާރާތްތައް މެދުކަނޑާލި ގޮތަށް އަދި މިހާތަނަށް ނުފަށައެވެ. މިދިޔަ އަހަރު އެންމެ ފަހުން ބާއްވާފައި ވަނީ ގައުމީ މުބާރާތާއި ލީގެވެ.

ބާސްކެޓްގެ އެންމެ ފޯރި ގަދަ މުބާރާތް ގައުމީ ލީގް އަދި ގައުމީ މުބާރާތް މި އަހަރު އޮންނާނީ އޮޮކްޓޯބަރު އަދި ނޮވެމްބަރުގަ އެވެ. އަންހެން އަދި ފިރިހެން ޑިވިޝަނަށް ހާއްސަ ކުރާ ގައުމީ ލީގާއިމުބާރާތް އޮންނާނީ އޮކްޓޯބަރު 13 އިން ނޮވެމްބަރު 20 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.