އަސާސީ މުދާ ގަތުމުގައި އެއްވެސް ދައްޗެއް ނެތް: ސައީދު

އަސާސީ މުދާ ގަތުމުގައި އެއްވެސް ދައްޗެއް ނެތް: ސައީދު

Author
އަހުމަދު
20 ސެޕްޓެމްބަރ 2026 09:10
0

ކާޑާއި ތެލާއި ގޭސް ފަދަ އަސާސީ މުދާ ގަތުމުގައި އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފި އެވެ.

އިންޑިއާއަށް ބޮންޑު ދެއްކުމުގެ ސަބަބުން އެމްއެމްއޭގެ ޔޫސަބަލް ރިޒާވް ދަށަށް ގޮސް، އަސާސީ ތަކެއްޗަށް ދައްކާނެ ފައިސާ ނުހުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އެފަދަ ވާހަކަތަކަކީ އާންމުންގެ ހިތުގައި ޝައްކު އުފައްދައި މާކެޓްގެ އިތުބާރު ގެއްލުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. ކާޑު، ތެޔޮ ނުވަތަ ގޭސް ފަދަ އެއްވެސް ބާވަތެއްގެ އަސާސީ މުދާ ހޯދުމުގައި ހުރަހެއް ނެތްކަން މިނިސްޓަރު ތަކުރާރުކުރެއްވި އެވެ.

މީގެ އިތުރުން، ފަތުރުވެރިން ރާއްޖެއަށް ނައުމަށް ގޮވާލާ ފަރާތްތަކަށް ފާޑުވިދާޅުވެ ސައީދު ވިދާޅުވީ، އެއީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ކުރާނެ ކަހަލަ ކަމެއް ނޫން ކަމަށާއި، އެކަމުގެ ގެއްލުން އެންމެހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ދައްކަންޖެހޭ ލޯނުތަކުގެ މުއްދަތުތައް މެނޭޖްކުރުމުގެ ބައެއްގެ ގޮތުން، ޗައިނާ ސަރުކާރާއި އަބޫދާބީ ފަންޑުގެ ލޯނުތަކާއި، ސޮވްރިންގ ގެރެންޓީ ދީފައިވާ ބައެއް ލޯނުތައް ދެއްކުން ފަސްކުރެވިފައި ވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.