އިންޑަސްޓްރިއަލް ޒޯން ކުނި ގޮނޑަކަށް ބަދަލުވާތީ ސައީދުގެ ފާޑުކިއުން ސަރުކާރަށް

އިންޑަސްޓްރިއަލް ޒޯން ކުނި ގޮނޑަކަށް ބަދަލުވާތީ ސައީދުގެ ފާޑުކިއުން ސަރުކާރަށް

Author
މުޙައްމަދު ޖިމީ
19 ޖެނުއަރީ 2021 05:46
0

މާލޭ އިންޑަސްޓްރިއަލް ޒޯން އިތުރަށް ތަރައްޤީނުކޮށް ކުނި ގޮނޑަކަށް ބަދަލުވެފައިވާތީ ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯން ކުނިގޮނަޑަކަށް ބަދަލުވެފައިވާތީ އެތަނުގެ ފޮޓޯއާއި، އިންޑަސްޓްރިއަލް ޒޯނާމެދު ރައީސް ޔާމީން ގެންގުޅުއްވި ތަސައްވުރު ހިމެނޭ ފޮޓޯއާއެކު ސައީދުކުރެއްވި ޓްވީޓްގައި ވަނީ މާލޭ އިންޑަސްޓްރިއަލް ޒޯން ކުނިކުރުން ހުއްޓާލާ ދުރު ވިސްނުމުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ކުނިން ސަލާމަތްނުވެ 3 އަހަރުވެ ނިމެނީ

– ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު

ސަޢީދު މިހެން ވިދާޅުވެފައިވާއިރު، އިންޑަސްޓްރައިލް ޒޯންގެ ވަށައިގެން އޮންނަ މަގުގެ ދެފަރާތަށް ވަނީ ގިނަ ޢަދަދަކަށް ކުނި ޖަމާވެފައެވެ. އަދި ފުނިފުންޏަށްވެސް ކުނި ޖަމާކޮށްފައި އެބަހުއްޓެވެ. މަގުގެ އެކި ސަރަހައްދުތައް ފުރާލާފައިވަނީ ޕްލާސްޓިކް ކޮތަޅާއި އެކި ޒާތްޒާތުގެ ކުނިންނެވެ. މަގުގައި ފުނިޖެހިފައިވާ ކުނިތަކަށް ބަލާލުމުން ޕްލާސްޓިކްގެ ގޮތުގައި ހިމެނޭ ކުނި ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.