ތިން އަހަރުތެރޭ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓައިފި

ތިން އަހަރުތެރޭ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓައިފި

Author
އަހުމަދު
19 ނޮވެމްބަރ 2026 04:35
0

މިހާރުގެ ސަރުކާރު ވެރިކަމަށް އައިފަހުން ވީ ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މުއްދަތުގައި 1,327 ކިލޯގެ މަސްތުވާތަކެތި އާއި 16,852 ފުޅި ބަނގުރާ އަތުލައިގަނެވިފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ 508 އޮޕަރޭޝަނެއް ހިންގައިފައިވެއެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގެ 23 މައްސަލައެއް ތަހުގީގުކޮށް، 11 ތަނެއް ބަންދުކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެ ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ގާނޫނު އިސްލާހުކުރުން ހިމެނެއެވެ. އެ އިސްލާހާއެކު، ވަކި ބާވަތެއްގެ މަސްތުވާތަކެތި ވަކި މިންވަރަކަށްވުރެ ގިނައިން ރާއްޖެއަށް ގެނައުމުން މަރުގެ އަދަބު ދެވޭނެއެވެ. މި އިސްލާހަށް މިދިޔަ މާރިޗު މަހުން ފެށިގެން އަމަލުކުރަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.