މަޖިލިސް ލަސްވެގެން ދިޔައީ ސަރުކާރުގެ މެމްބަރުން ހާޒިރުނުވެގެން: ޝިޔާމް

މަޖިލިސް ލަސްވެގެން ދިޔައީ ސަރުކާރުގެ މެމްބަރުން ހާޒިރުނުވެގެން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2021 10:54
0

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ލަސްވެގެން ދިޔައީ މަޖިލީހަށް ސަރުކާރުގެ މެމްބަރުން ހާޒިރު ނުވެގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެ ޖަލްސާ ފެށުމަށްފަހު މިހާރު ކުރިއަށް ގެންދާ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ މަޖިލިސް ތެރޭގައި އޮތް ސަރުކާރުގެ މެމްބަރުންނާއި، އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ ގިނަ މެމްބަރުން މަޖިލީހަށް ހާޒިރުވެފައި ނުވެއެވެ. ޝިޔާމް ވިދާޅުވީ ސަރުކާރަށް ތާއީދު ކުރާ މަޖިލިސް މެމްބަރުން އިންތިޚާބު ބޭއްވުމަށް ޖާގަ ދޭން ބޭނުން ނުވާކަމަށެވެ. އެބޭފުޅުން ބޭނުންވަނީ އިންތިޚާބު ލަސްކޮށް ފަސްކުރުންކަމަށެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގައި އަދުލުވެރި އިންތިޚާބެއް ބޭއްވޭނެ ތަނެއް ނުފެންނަކަމަށެވެ. އިދިކޮޅު ސިޔާސީ ލީޑަރު ޖަލުގައި ބާއްވައިގެން، އިދިކޮޅު ފަރާތްތަކަށް ކެންޕެއިން ކުރުމަށް ޖާގަނުދީ ބާއްވާ އިންތިޚާބެއް އިންސާފުވެރިކަވާނެކަމަށް އެއްވެސް ރައްޔިތަކު ގަބޫލު ނުކުރައްވާކަމަށެވެ. ޝިޔާމް ވަނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލާފައެވެ.

މިއަދު ފެނިގެންދަނީ ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ވައްދައި، މުޅި ނިޒާމުގެ ތެރޭގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރުކަމަށެވެ. ސަރުކާރުން ބޭނުންވާހާ ގޮތަކަށް ހުކުމްތައް ނެރެ ކުރަމުންދާކަމީ މިއަދުގެ ނިޒާމުގެ ތެރެއިން ފެންނަން ހިތްދަތި މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް މިކަމަކީ ތާއަބަދަށް ދެމި އޮންނާނެކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.