އައްޑޫއިން ރެންޑަމް ސާމްޕަލް ނަގަނީ

އައްޑޫއިން ރެންޑަމް ސާމްޕަލް ނަގަނީ

Author
މުޙައްމަދު ޖިމީ
18 ޖެނުއަރީ 2021 07:56
0

އައްޑޫސިޓީގެ ރަށްތަކުގައި ރެންޑަމް ސާމްޕަލް ނެގުމަށް ނިންމައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އައްޑޫގައި ބަލީގެ ހާލަތު ދެނެގަތުމަށް ނަގާ ރެންޑަމް ސާމްޕަލް ނަގަން ފަށާނީ މާދަމާކަމަށެވެ. ސާމްޕަލް ނެގުމުގައި އެންމެ އިސްކަމެއްދޭނީ އާންމު ޚިދުމަތުގައި އުޅޭ މީހުންނާއި، ޢާންމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ތިބޭ މީހުންގެކަމަށް އެޗްއީއޯސީން ބުނެއެވެ. އައްޑޫގައި ރެންޑަމް ސާމްޕަލް ނަގަނީ ކިހާ ޢަދަދަކަށްކަމެއް އަދި ކިހާ މުއްދަތަކަށްކަމެއް އެޗްއީއޯސީން ނުބުނެއެވެ.

އައު އަހަރާއެކު ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މާލެ ސަރަހައްދުގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ މަތިވެފައެވެ. އަދި މާލެ ސަރަހައްދު ފިޔަވާ އަތޮޅުތަކުގައި އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ ދެއްވަދޫ ކްލަސްޓާއިންނެވެ. އެގޮތުން އެެ ކްލަސްޓާއިން 69 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.