ނަޝީދާއި ޔާމީންގެ ސިއްރު ގުޅުމުން ހިތްނުތަނަވަސްވެފައި ތިބީ އެމްޑީޕީ މެންބަރުން: ޝުޖާއު

ނަޝީދާއި ޔާމީންގެ ސިއްރު ގުޅުމުން ހިތްނުތަނަވަސްވެފައި ތިބީ އެމްޑީޕީ މެންބަރުން: ޝުޖާއު

Author
އަހުމަދު
04 ސެޕްޓެމްބަރ 2026 11:20
0

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އޮތް ސިއްރު ގުޅުމުގެ ސަބަބުން، ހަގީގަތުގައި ހިތްނުތަނަވަސްވެފައި ތިއްބެވީ އެމްޑީޕީ މެންބަރުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކަށް ރައްދުދެއްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޖަލްސާގައި ޔާމީން ވިދާޅުވެފައިވަނީ، ބްލެކްމާކެޓުގައި ޑޮލަރުގެ ވިޔަފާރި ހުއްޓުވުމަށް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް އެންމެ ބޮޑަށް ތެދުވެ ތިއްބެވީ ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް މަޖިލީހުގެ ތެރޭގައި ސައިލެންޓް އިންގިލާބެއް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް ޝުޖާއު ވިދާޅުވީ މަޖިލީހުގައި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، މެންބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ސާބިތުކަމާއެކު ކަމަށެވެ. "ރައީސް ނަޝީދާ މަނިކުފާނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެމްބަރުންގެ ހިތްނުތަނަވަސްކަން އޮތްކަން، އެމީހުންގެ ވާހަކަތަކުން ހާމަވޭ،" ޝުޖާއު ވިދާޅުވިއެވެ.

ހަމަ އެ މޭރުމުން ޔާމީނަށް ރައްދުދެއްވަމުން، ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވިދާޅުވީ 20 ވަނަ މަޖިލީހުގެ ދައުރު ނިމުމަކާ ގާތްވެފައި ވަނިކޮށް އެފަދަ ވާހަކަތައް ދެއްކެވުމުގެ ބޭނުމެއް ނެތް ކަމަށާއި، މަޖިލިސް އޮތީ ރައީސް މުއިއްޒާއެކު ވަރުގަދަކޮށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.