ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ ވިސާ ފްރީ އެންޓްރީ

ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ ވިސާ ފްރީ އެންޓްރީ

Author
އަހުމަދު
03 ސެޕްޓެމްބަރ 2026 02:51
0

މި މަހުގެ 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް އެ ގައުމުގައި ތިބެވޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި، ތައިލެންޑް ސަރުކާރުން އެ ގައުމުގެ ވިސާ ސިޔާސަތަށް ގެނައި ބަދަލުތައް ވޭތުވެދިޔަ އޯގަސްޓް މަހުގެ 31 ގައި ރަސްމީކޮށް ގެޒެޓް ކުރުމާ ގުޅިގެން، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން މި ބަދަލުތަކަށް ޢަމަލުކުރަން ފަށާނެއެވެ.

ކުރިން ދިވެހިންނަށް ތައިލެންޑްގައި ވިސާއާ ނުލައި ތިބެވެނީ އެންމެ 15 ދުވަހަށެވެ. ނަމަވެސް، މި އަހަރުގެ މެއި މަހު ތައިލެންޑް ސަރުކާރުގެ ކެބިނެޓުން 93 ގައުމެއްގެ ވިސާ ސިޔާސަތު މުރާޖާ ކުރުމަށް ނިންމުމާ ގުޅިގެން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ މިދިޔަ ޖޫން މަހުގެ 19 ގައި ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި މި މައްސަލައާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި މަޝްވަރާތަކަށްފަހު، ޖުލައި މަހުގެ 14 ގައި ތައިލެންޑް ސަރުކާރުން ވަނީ ދިވެހިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދޭން ނިންމާފައި ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.