ސްޕެނިޝް ލަލީގާއިން ހޮވި މިދިޔަ މަހު ހޮވި މޮޅު ކުޅުންތެރިޔާ ގެ އެވޯޑް ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންސޫ ފާޓީ ހޯދައިފި އެވެ.
މި މަގާމު މުޅިން އަލަށް ފާޓީ ހޯދި އިރު ބާސެލޯނާގެ ލީގު ސީޒަން އެހެން ކުލަބުތަކެއް ވުރެން ލަހުން ފެށުމާ ގުޅިގެން އޭނާ ކުޅުނީ ވެސް އެންމެ މެޗެއްގައެވެ. ލީގުގެ ފުރަތަމަ މެޗުގައި ފާޓީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
ބާސެލޯނާގަ އާއި ސްޕެއިނުގައި ވެސް ގިނަ ރެކޯޑްތަކެއް ހަދައިފަވާ ކުޅުންތެރިޔާ ވަނީ ސްޕެނިޝް ލީގާއި، ޗެމްޕިއަންސް ލީގުގައި އެންމެ ޒުވާން އުމުރުގައި ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދަފައެވެ.
އޭނާ ވަނީ ސްޕެއިނުގެ ތާރީހުގައި ވެސް އެންމެ ޒުވާން އުމުރުގައި ގޯލު ޖެހުމުގެ ރެކޯޑްވެސް ދާދިފަހުން މުގުރާލާފަ އެވެ.