ފްރެންޑް ދޯނިން ގެއްލުނު ތިން ބަޠަލުންނަށް އެމްއެންޑީއެފްގެ ތައުރީފު!

ފްރެންޑް ދޯނިން ގެއްލުނު ތިން ބަޠަލުންނަށް އެމްއެންޑީއެފްގެ ތައުރީފު!

Author
އަހުމަދު
15 އޮގަސްޓް 2026 02:30
0

ދިޔަވަމުންދިޔަ "ފްރެންޑް 4″ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި ފުރާނަ ގެއްލިގެންދިޔަ ތިން ބޭފުޅުންގެ ހިތްވަރުގަދަ މަސައްކަތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ތައުރީފުކޮށްފި އެވެ.

މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ މި ދޯނި ކުއްލިގޮތަކަށް އަޑިޔަށް ދިޔަ ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓް އިބްރާހިމް އަހުމަދު އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސާޖެންޓް އަލީ ނާފިއު އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތުގެ އަލީގައި، ކެޕްޓަން ހަމްދޫން ވަނީ އޭނާއާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ދޯނި ސަލާމަތްކުރެވޭތޯ ހިތްވަރާއެކު މަސައްކަތްކޮށްފައި ކަމަށެވެ. ދޯނި އަޑިޔަށް ދިޔައީ ވަރަށް ކުއްލި ގޮތަކަށް ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

މީގެ އިތުރުން، ސިފައިންނާއި ފުލުހުންނަކީ ޤައުމީ ޚިދުމަތުގައި ވާޖިބަށް އިސްކަންދީގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރާ ހިތްވަރުގަދަ ބައެއްކަމުގެ ލާމަސީލު ނަމޫނާ، ސްޓާފް ސާޖެންޓް އިބްރާހީމް އަހްމަދާއި ސާޖެންޓް އަލީ ނާފިއުގެ ފަރާތުން ފެނިގެންދިޔަ ކަމަށްވެސް އެމްއެންޑީއެފުން ފާހަގަކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.