ބާޖަކުން ޖެހި ގެއްލުންވި ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރަން ފަށައިފި

ބާޖަކުން ޖެހި ގެއްލުންވި ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރަން ފަށައިފި

Author
އަހުމަދު
02 އޮގަސްޓް 2026 04:10
0

ހުޅުމާލޭ ފަޅުތެރެއަށް ވަދެގެންދިޔަ ބާޖަކުން ޖެހި ގެއްލުންވި ލަކުޑި ޖެޓީގެ އުތުރު ފާލަން މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

މި ހާދިސާގައި ޖެޓީގެ ސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ޖެޓީގެ އުތުރު ފާލަން މަރާމާތުގެ މުއްދަތުގައި ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މިއީ ގިނަ ބަޔަކު ބޭނުންކުރާ ޖެޓީއަކަށްވާތީ، މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލައި، އަލުން ހިދުމަތަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ޖެޓީ ބަންދުކޮށްފައި އޮންނަ މުއްދަތުގައި، ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މައާފަށްވެސް އެދިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.