އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން ނިޔާޒް ވަކިކޮށްފި

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން ނިޔާޒް ވަކިކޮށްފި

Author
އަހުމަދު
23 ޖުލައި 2026 09:42
0

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު އަހްމަދު ނިޔާޒު އެ މަގާމުތަކުން މިއަދު ވަކިކޮށްފި އެވެ.

ސަރުކާރު ކުންފުނިތައް ރެގިއުލޭޓް ކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ނިޔާޒު އެ ދެ މަގާމުން ވަކިކުރީ މިއަދުން ފެށިގެންކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބު ޕީސީބީން ހާމައެއް ނުކުރެ އެވެ.

މި ސަރުކާރުން ނިޔާޒު އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރީ ނޮވެމްބަރު 2023 ގަ އެވެ. އޭނާ އަކީ 2007 ވަނަ އަހަރު އެމްޓީޑީސީގެ މަސައްކަތް ފެށިއިރުއްސުރެ އެ ކުންފުނީގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

އެމްޓީޑީސީގައި ނިޔާޒު މީގެ ކުރިން ވަނީ ބޯޑު ޑިރެކްޓަރުކަމާއި، އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. މީގެ އިތުރުން 2016 އިން 2018 އަށް އެމްޓީސީސީގެ ޗެއާމަންކަމާއި، 2013 އިން 2016 އަށް އެސްޓީއޯގެ ޗެއާމަންކަން ވެސް ނިޔާޒު ފުރުއްވި އެވެ. އެސްޓީއޯގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ވެސް އޭނާ މީގެ ކުރިން ހިދުމަތް ކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.