އިދިކޮޅު އެމްޑީޕީގެ މެންބަރު އަންވަރު އިބްރާހީމް ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރަން ނެރެފައިވާ އަމުރު، އެ ކޯޓުން ބާތިލުކޮށްފި އެވެ.
އެ އަމުރު ބާތިލުކޮށްފައި ވަނީ އިއްޔެ ހަވީރު އެވެ. ނަމަވެސް، އަމުރު ބާތިލުކުރި ސަބަބެއް ސިވިލް ކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އިއްޔެ މެންދުރު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ހާޒިރު ނުވެފައިވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ކޮށްފައިވާ ކަމަށާއި، އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން ފުލުހުން ހޯދަމުން ދިޔައީ ކ. އާގެ، ތ. ތިމަރަފުށި، އަންވަރު އިބްރާހީމް (59އ) އެވެ.
އަންވަރަކީ އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އެވެ. އޭގެ އިތުރުން، ދިގު މުއްދަތެއް ވަންދެން އެ ޕާޓީގެ ޖަލްސާތަކާއި ހަރަކާތްތައް ހުށަހަޅައިދިނުމުގައި އޭނާ ވަނީ ހަރަކާތްތެރިވެފަ އެވެ.
ކޮމެންޓު ފޮނުވާ