އެމެރިކާގެ އިންތިޚާބީ ރައީސް ޖޯބައިޑްން އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ބޭނުންކުރުމަށް، އެއްވެސް ފޮލޯވަރަކާ ނުލާއޮތް، މުޅިން އާ ޓުވިޓަރ އެކައުންޓެއް ޓުވިޓަރއިން ހަމަޖައްސައި ދީފިއެވެ.
އެހެންނަމަވަވެސް، މިއީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރު ނިމި، ޓްރަމްޕްގެ ދައުރު ފެށުނުއިރު ޓުވިޓަރއިން އަމަލް ކޮށްފައިވާ ގޮތާ މުޅިން ޚިލާފު ގޮތެއްކަމަށް ބުނެ، ބައިޑްންގެ ކެމްޕޭން ޓީމުންވަނީ ނުރުހުން ފާޅުކޮށްފައެވެ.
ޓުވިޓަރއިން ބައިޑްންގެ ރަސްމީ އެކައުންޓުގެ ގޮތުގައި އަލަށް ހަމަޖެއްސި އެކައުންޓް @PresElectBiden، މިމަހުގެ 20 ވަނަ ދުވަހު ބައިޑްން ހުވާކުރެއްވުމާއެކު ބަދަލުވެގެން ދާނީ @POTUS އަށެވެ.
ޓުވިޓަރއިން ބައިޑްންއަށް ޚާއްސަކޮށް އުފެއްދި އާއެކައުންޓް އޮންލައިން ކުރިތާ ފުރަތަމަ ހަގަޑިއިރު ތެރޭގައި 400،000 މީހުންވަނީ އެއެކައުންޓް ފޮލޯ ކޮށްފައެވެ.
2016 ވަނަ އަހަރު، އޮބާމާގެ ދައުރަށްފަހު، އެމެރިކާގެ ރައީސަށް ޚާއްސަ ޓުވިޓަރ އެކައުންޓް @POTUS ޑޮނަލްޑް ޓްރަމްޕާ ހަވާލުކުރެވުނީ އޭރު އެކައުންޓް ފޮލޯކޮށްފައިވާ 13 މިލިއަން ފޮލޯވަރުންނާ އެކުއެވެ. އެހެންނަމަވެސް، ޓުވިޓަރއިން މިފަހަރު ނިންމާފައިވަނީ މިފަހަރު އެއެކައުންޓް ޓްރަމްޕްގެ ބޭނުން ކުރަމުން ދިޔައިރު ތިބި ފޮލޯވަރުންނާ ނުލާ ބައިޑްންއާ ހަވާލުކުރުމަށެވެ. ޓްރަމްޕްގެ ދައުރު ނިމިގެންދާއިރު އެއެކައުންޓް 33 މިލިއަން މީހުންވަނީ ފޮލޯ ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓްރަމްޕްގެ ދައުރުގައި ތިބި ފޮލޯވަރުންނާއެކު އެ އެކައުންޓް ބައިޑްންއަށް ލިބިވަޑައި ނުގަންނަވާނެކަން މީގެ މަހެއްހާ ދުވަސްކުރިން ޓުވިޓަރއިން ބައިޑްންގެ ޓީމަށް ވަނީ އަންގާފައެވެ. މާނައަކީ ބައިޑންްއަށް އެއެކައުންޓް ލިބިވަޑައިގަންނަވާއިރު، އެކައުންޓުގައި ތިބޭނީ 0 ފޮލޯވަރުންނެވެ.
On inaug day:
-FB is transferring @JoeBiden's followers over to POTUS
-Snap is handing us @WhiteHouse
-YT is giving us all of the @WhiteHouse Subs
-Twitter is starting us at zero…but recommended the President of the United States tag other accounts to encourage growth
— Rob Flaherty (@Rob_Flaherty) January 15, 2021
Folks — This will be the account for my official duties as President. At 12:01 PM on January 20th, it will become @POTUS. Until then, I'll be using @JoeBiden. And while you're here, follow @FLOTUSBiden @SenKamalaHarris @SecondGentleman and @Transition46.
— President-elect Biden (@PresElectBiden) January 15, 2021
ޓްރަމްޕް ބޭނުން ކުރައްވަމުން ގެންދެވި ޓުވިޓަރ އެކައުންޓުގެ ފޮލޯވަރުންނާއެކު ބައިންޑްއާ ހަވާލު ނުކުރަން ނިންމި ނިންމުމުގެ ހަގީގީ ސަބަބަކީ ކޮބައިކަމެއް، ޓްރަމްޕްގެ ޓްރާންސިޝަން ޕްލޭންތައް އާންމު ކުރަމުންދާ ރަސްމީ ބްލޮގްގައި ޓުވިޓަރއިން ކޮށްފައިވާ ޕޯސްޓުގެ އިތުރަށް، މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މި ބްލޮގްގައި ޓުވިޓަރއިން ބުނެފަފައިވަނީ، "މުވައްސަސާތަކަށް ނިސްބަތްވާ މި އެކައުންޓުތަކަށް، ފާއިތުވެދާ ސަރުކާރުގައި ލިބިފައިވާ ފޮލޯވަރުން އޮޓޮމެޓިކުން ނަކަލްވެގެން ނުދާނެ،" ކަމަށެވެ.
އެހެންނަމަވެސް، ޓުވިޓަރއިން ބުނެފައިވާ ގޮތުގައި، މީގެކުރިން އެމެރިކާގެ ރައީސަށް ޚާއސަ އެކައުންޓު @POTUS އަދި ނާއިބު ރައީސަށް ޚާއްސަ @VP އެކައުންޓުގެ އިތުރުން، އިންތިޚާބީ ރައީސް ޖޯބައިޑްންއާއި އަދި އިންތިޚާބީ ނާއިބު ރައީސާ ކާމަލާ ހެރިސް އަމިއްލަ ގޮތުން ގެންގުޅުއްވަމުން އައި އެކައުންތައް ފޮލޯ ކޮށްފައިވާ މީހުންނަށްވެސް، އެމެރިކާގެ ރައީސްއާއި އަދި ނާއިބްރައީސާގެ ރަސްމީ ޓުވިޓަރ އެކައުންޓު އަލުން ފޮލޯކުރަން ބޭނުންތޯ ބެލުމަށް ޚާއްސަ ނޯޓިފިކޭޝަންއެއް ދާނެކަމަށެވެ.
ބައިޑްންގެ ކެމްޕޭން ޓީމުންވަނީ، ކުރިޔަށް އޮތް ދައުރުގެ އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑްންއަށް ޚާއްސަ ޓުވިޓަރ އެކައުންޓުގެ ގޮތުގައި @FLOTUSBiden ރަޖިސްޓްރީ ކޮށްފައެވެ. އަދި އިންތިޚާބީ ނާއިބު ރައީސާ ހެރިސްގެ ފިރިކަލުންގެ ރަސްމީ ޓުވިޓަރ އެކައުންޓުގެ ގޮތުގައި @SecondGentleman ނަމުގައި އާ ޓުވިޓަރ އެކައުންޓެއް މުޅިން އަލަށް ރަޖިސްޓްރީ ކޮށްފައެވެ.