އައްޑޫ މަރަދޫ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އައްޑޫ މަރަދޫ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

Author
އަހުމަދު
10 ޖުލައި 2026 11:38
0

އައްޑޫ ސިޓީ މަރަދޫ، ޗަމަން ގެއަށް ރޭ ކުރިމަތިވި އަލިފާނުގެ ހާދިސާއެއްގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، ރޭ 8:00 ހާއިރު އެ ގޭގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ތިން ގަޑިއިރެއްހާ އިރުގެ މަސައްކަތުން، ރޭ 11:00 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެމްއެންޑީއެފުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ޗަމަން ގޭގެ ބޮޑު ބައެއް ވަނީ އަނދާ ހުލިވެފައެވެ. އަދި ގޭގެ ފާރުތަކުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ހުއްޓެވެ.

އެ އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ދަށުން ހިންގާ މަރަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުންނެވެ.

މަރަދޫގައި މި ހާދިސާ ހިނގާފައި މިވަނީ މާލޭގައި ވެސް ދެ ގެއެއްގައި އެއްފަހަރާ އަލިފާނުގެ ހާދިސާ ހިނގިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އިއްޔެ މާލޭގައި ރޯވެފައި ވަނީ ގަލޮޅު ހަލަވެލި ގޯޅީގައި ހުންނަ ގ. މިތުރުގެ އާއި މ. ސަފާ ގޭގައެވެ. މިތުރު ގޭގައި ރޯވެގެން އެ ގޭގެ އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ސަފާ ގޭގައި ރޯވެފައި ވަނީ އެ ގޭގައި ހުރި ގުދަނެއްގައެވެ. މި ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.