ރައީސް ޔާމީން ކުރިއަށް ގެންދެވި މަޝްރޫއުތައް ބަލައި ފޮޓޯ ނެގުމަކުން ތަސައްވަރު ބަދަލެއް ނުކުރެވޭނެ: ސައީދު

ރައީސް ޔާމީން ކުރިއަށް ގެންދެވި މަޝްރޫއުތައް ބަލައި ފޮޓޯ ނެގުމަކުން ތަސައްވަރު ބަދަލެއް ނުކުރެވޭނެ: ސައީދު

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 11:53
0

ރައީސް ޔާމީން ކުރިއަށް ގެންދެވި ބިޔަ މަޝްރޫއުތައް ބަލައި ފޮޓޯ ނެގުމަކުން ތަސައްވަރު ބަދަލެއް ނުކުރެވޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެއާޕޯޓުގައި ކުރިއަށްދާ މަޝްރޫޢުތައް ބައްލަވައި ލެއްވުމަށް އިއްޔެ ކުރެއްވި ޒިޔާރަތާއި ގުޅިގެން މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ފަސްއަހަރުގެ ވެރިކަމުގެ ތެރޭގައި ޤައުމަށް ގެނެސްދެއްވި ތަރައްޤީއާއި، ފައްޓަވައި ދެއްވި ބޮޑު ބިޔަ މަޝްރޫޢުތައް ބައްލަވައި ލެއްވުމަށް ދަތުރު ހަދައިގެން ވަޑައިގަތުމަކުން މިސަރުކާރާއިމެދު ރައްޔިތުންގެ ދެކޭ ގޮތް ބަދަލެއް ނުކުރެވޭނެކަމަށެވެ.

ރައްޔިތުން މިސަރުކާރާއިމެދު ދެކެނީ ކަންނެތް، ދުވެލި މަޑު ސަރުކާރެއް ކަމަށްވާއިރު، ރައީސް ޔާމީން ގެނެސްދެއްވި ތަރަައްޤީއާއި ފެއްޓެވި މަޝްރޫޢުތައް ބައްލަވާ ލައްވައި ފޮޓޯ ނެންނެގުމަކީ މިސަރުކާރަށް އެކަމުގެ ތައުރީފުލިބި ތާއީދު އިތުރުވެގެންދާނެ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ފަސް އަހަރު ކުރިއަށް ގެންދެވި ބިޔަ މަޝްރޫޢުތައް ބެއްލެވުމާއި، (ހުސްވަގުތު ފުރުއްވުމަށް ސައިޓުތަކަށް ދަތުރުގޮސް ފޮޓޯ ނެންގެވުމަކުން) ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ކަންނެތްކަމުގެ ތަސައްވަރު ބަދަލެއް ނުކުރެވޭނެ.

– ސައީދު ވިދާޅުވިއެވެ.

ރައީސް ޞާލިހު އެއަރޕޯޓަށް ކުރެއްވި ޒިޔާރަތުގައި އެއަރޕޯޓުގެ ފިއުލް ފާމް، ކާގޯ ޓަރމިނަލް، ކާރގޯ ޖެޓީ، އޭޕްރަން، ވީ.އައި.ޕީ. ބިލްޑިންގ އަދި ސީޕްލޭން ޓަރމިނަލަށް ވަޑައިގެން އެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފު ކުރެއްވިއެވެ. ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފިއުލް ފާމްގެ ގިނަ މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެފައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ޖެޓް އޭވަން) އެއަރޕޯޓުގައި ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިޔަން ލީޓަރުން 45 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން، ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100 ހާސް ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު 1 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. ހަމައެއާއެކު، ފިއުލްބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ.

ކާގޯ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ކާގޯ ބިލްޑިންގްއާއި ކާރގޯ ހާބަރުގެ އިތުރުން ކަމާގުޅޭ އޮފީސްތައް ބިނާކުރުން ހިމެނެއެވެ. މިހާރު އަހަރެއްގެ މައްޗަށް 50،000 ޓަނު ކާގޯގެ މުޢާމަލާތްތައް ކުރާ ޓަރމިނަލް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ނިމުމުން، އެ އަދަދު 120،000 ޓަނަށް އިތުރުވެގެންދާނެއެވެ.

‎އެއަރޕޯޓްގެ އޭޕްރަން ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް އިތުރުކުރި އޭޕްރަންގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ ކުރީގެ އޭޕްރަން އައުކުރުމުގެ މަސައްކަތެވެ. އޭޕްރަންތައް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އޭޕްރަންގައި ޕާކިން ސްޕޭސްގެ ގޮތުގައި ބޭނުންކުރަމުންދިޔައީ 86،000 އަކަމީޓަރުގެ ސަރަޙައްދެކެވެ. ނަމަވެސް މި މަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމޭއިރު އެއަރޕޯޓްގައި މަތިންދާބޯޑު ޕާކުކުރެވޭ ޖާގަ 212،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ.

ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވީ.އައި.ޕީ. އަދި ސީ.އައި.ޕީ.ގެ ޖާގަ ވެސް އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. ހަމައެހެންމެ މިހާރުގެ ޕަސެންޖަރ ޓަރމިނަލް އަކީ 26،000 އަކަމީޓަރުގެ ޖާގައިގެ ތަނެއް ނަމަވެސް، މުޅި ޓަރމިނަލްގެ މަސައްކަތް ނިމުމުން އެ ތަނުގެ ޖާގަ 78،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ވީ.އައި.އޭ.ގެ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތްތަކުގެ 99 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެ ތަނަށް ސީޕްލޭންގެ އޮޕަރޭޝަންތައް ބަދަލުކުރެވުމުން ސީޕްލޭން އޮޕަރޭޝަނަށް ލުއިފަސޭހަކަން ލިބުމުގެ އިތުރުން ވެލާނާ އެއަރޕޯޓްގެ މައި ރަންވޭ ބޭނުންކުރަން ފެށި، މުޅި އެއަރޕޯޓްގެ އޮޕަރޭޝަން އިތުރަށް ފުރިހަމަވެގެން ދާނެއެވެ. ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަޝްރޫޢަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަނާ
Raajeyge konme dhimaalakun ves fennanee Raees Yameen ge tharahgee Shukrihya R.Yameen
މ މުރްތަޟާ
މިއީ ޤައުމެއްގެ ނުވެފަ ޔާމީނުގެ ގެދޮރުތަ
ހ ހަނާ
R.Yameen ge masakaiy mee misarukaarun kohfa oiy ehkamehves dhahkabala