މާވަށު ކައުންސިލް ރައީސަށް ދިން ހަމަލާ ބަލައި ދިނުމަށް އިދިކޮޅުން ގޮވާލައިފި

މާވަށު ކައުންސިލް ރައީސަށް ދިން ހަމަލާ ބަލައި ދިނުމަށް އިދިކޮޅުން ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 09:55
0

ލ. މާވަށު ކައުންސިލްގެ ރައީސް އަދި ޕީ.ޕީ.އެމް. ގެ މެންބަރު އަޙަމަދު މޫސާއަށް އިންޒާރުދީ ހަމަލާދިން މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ފެނަކައިގައި މަސައްކަތް ކުރާ، ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ އަބޫބަކުރު އަޙްމަދު ލ. މާވަށު ކައުންސިލްގެ ރައީސް އަދި ޕީ.ޕީ.އެމް. ގެ މެންބަރު އަޙަމަދު މޫސާއަށް އިންޒާރު ދިނުމަށްފަހު، އޭނާއަށް ހަމަލާދިން މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމައްސަލަ ވީހާވެސް އަވަހަކަށް ބަލައި ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅަން ގޮވާލާކަމަށެވެ.

މި ހަޑިމުޑުދާރު ނާތަޙުޒީބު ޢަމަލު، ސަރުކާރާއި ސިޔާސީ ވެރިންގެ ނުފޫޒުތަކުން އެއްކިބާވެ ތިއްބަވައިގެން ވީއެންމެ އަވަހަކަށް ތަޙްޤީޤުކޮށްދެއްވައި ފިޔަވަޅު އަޅުއްވައިދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ކަމާ ބެހޭ އެންމެހާ މުއައްސަސާ ތަކަށް ގޮވާލަމެވެ. އަދި އަޙްމަދު މޫސާ އަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެއްވުމަށްވެސް ގޮވާލަން.

– އިދިކޮޅު ބަޔާނުގައި ވެއެވެ.

ލ. މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާއަށް ހަމަލާދިން މައްސަލަ މިހާރު ވަނީ އޭނާގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.