ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ދަރިކަލުން ކޮރަޕްޝަނުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ދަރިކަލުން ކޮރަޕްޝަނުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

Author
އަހުމަދު
18 ޖޫން 2026 10:09
0

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ޔޯޝިތަ ރާޖަޕަކްސަ، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ހައްޔަރުކޮށްފިއެވެ.

އުމުރުން 38 އަހަރުގެ ޔޯޝިތަގެ މައްޗަށް ތުހުމަތުކުރެވެނީ ލަންކާގެ ކަނޑުގެ ސިފައިންގެ ތެރޭގައި މަސައްކަތްކުރެއްވިއިރު، ގައުމުން ބޭރުން ތަމްރީނު ހޯދުމަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ. މީގެ ކުރިންވެސް މަނީ ލޯންޑަރިންގެ ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލައި، ގައުމުން ބޭރަށް ދިއުން އޮތީ މަނާކޮށްފައެވެ. އަދި މިފަހަރު އޭނާ ހައްޔަރުކުރުމާ ހަމައަށް ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ކޮރަޕްޝަން ނައްތާލުމުގެ ވަރުގަދަ ވައުދަކާއެކު 2024 ވަނަ އަހަރު ލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަގެ ސަރުކާރުން އަންނަނީ ރާޖަޕަކްސަ އާއިލާއާ ގުޅޭ މައްސަލަތައް ބެލުން ވަރަށް ބޮޑަށް ހަލުވިކުރަމުންނެވެ.

މި މައްސަލަތަކުގެ އިތުރުން، 2019 ވަނަ އަހަރު ލަންކާގައި ދިން އީސްޓާ ސަންޑޭގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގެ ތަހުގީގާ ގުޅިގެން، މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ އާއި އިތުރު ދެ އަސްކަރީ އޮފިސަރަކު ގައުމުން ފުރުންވެސް މިހާރު ވަނީ މަނާކޮށްފައެވެ. އެ ހަމަލާގެ ތަހުގީގުތަކާއި ގާނޫނީ މަރުހަލާތައް އަދިވެސް ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.