މާލެ އާއި ސިނަމާލެ ބްރިޖުގައި ކުރަހާފައި ހުރި ގްރެފިޓީތައް ފުލުހުން ނައްތާލައިފި

މާލެ އާއި ސިނަމާލެ ބްރިޖުގައި ކުރަހާފައި ހުރި ގްރެފިޓީތައް ފުލުހުން ނައްތާލައިފި

Author
އަހުމަދު
16 ޖޫން 2026 05:25
0

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރަހާފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިއީ ފުލުހުންގެ ގޭންގު ކްރައިމް ސަޕްރެޝަނާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެތެރެ ސާފުކޮށް އަމާން މާހައުލަކަށް ހެދުމުގެ މަގުސަދާ އެކު ފެށި ހަރަކާތެކެވެ. އެގޮތުން އިއްޔެ ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރެއިން މާލޭގެ އެކި މަގުތަކާއި ސިނަމާލެ ބްރިޖުގައި ހުރި ތަފާތު ކުރެހުންތަކާއި ލިޔުންތައް ވަނީ ފުހެލައިފައެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މިއީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ އިތުރު ސަރަހައްދުތަކުގައި ހުރި މިފަދަ ލިޔުންތަކާއި ކުރެހުންތައް ނައްތާލުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އަންނަނީ މާލެ ސިޓީއަކީ އާންމުންނަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.