އުމުރު ދުވަހު ޖަލުގައި ބޭއްވިޔަސް މިސަރުކާރު، ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ރައީސް ޔާމީން

އުމުރު ދުވަހު ޖަލުގައި ބޭއްވިޔަސް މިސަރުކާރު، ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ރައީސް ޔާމީން

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 10:04
0

އުމުރު ދުވަހު ނުހައްގުން ޖަލުގައި ބޭއްވި ކަމުގައި ވީނަމަވެސް މިސަރުކާރަށް ބިރުން ފަހަތަށްޖެހި، ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދު ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ޕްރޮގްރެސިވް ކޯލިޝަނުން ރަށު ބަންދުގައި ތިބެ ނ.ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިއަދު ރައީސް ޔާމީނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމަށެވެ. ރައީސް ޔާމީނާއި ބައްދަލުވުމުން އެމަނިކުފާނު ވަނީ ވަރަށް އުންމީދީ ވާހަތަކެއް ރައްޔިތުންނާއި ހިއްސާ ކުރުމަށް ދައްންނަވާފައިކަމަށެވެ. އެގޮތުން މިސަރުކާރުން ކުރަނުންދާ އަނިޔާއާއި، ނާއިންސާފު ކަންކަމަށް ބިރުން ފަހަތަށް ނުޖެހުމަށް ދަންނަވާފައިވާކަމަށެވެ. ރައީސް ޔާމީން ހުންނެވީ ސަރުކާރުން ދޭ އަނިޔާއަށް ފަހަތްޖެހި މިސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ ގޮތަކަށް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ހިތްވަރު ކުރުމަށް. އިންތިޚާބުގައި މިސަރުކާރު ބޮޑުތަނުން ބަލި ކުރުމަށް. އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ދެމުންދާ އަނިޔާއަށް ބިރުން ސިހި މިސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަމަށް. ރައްޔިތުން ކައިރިން އެމަނިކުފާނު އެދެނީ ވޯޓުން މިސަރުކާރު ރައްޔިތުންގެ ކުރިމަތީގައި ކުޑަކަކޫ ޖެއްސުމަށް.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ މިސަރުކާރު ވޯޓުން ބަލިކޮށް ރައްޔިތުންގެ ތާއީދެއް މިސަރުކާރަށް ނެތްކަން ހާމަކޮށް ދިނުންކަމަށެވެ. ރައްޔިތުންނަށްޓަކައި ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހޭދަކުރައްވަނީ ޤައުމީ މަސްލަހަތާއި ޤައުމީ ކަންކަމުގައި ވިސްނުމުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލަށްލައި އެމަނިކުފާނު ދޫކޮށްލަން ބިރުން މިސަރުކާރުން އުޅެނީ ރައީސް ޔާމީން މިނިވަންކަމާއިއެކު ހުރެއްޖެނަމަ މިސަރުކާރުން ހިންގަމުންދާ ޤާނޫނާއި ޚިލާފް ކަންކަމަށް ޖާގަ ނުދޭނެކަން އެގޭތީކަމަށެވެ.

މިސަރުކާރުން ބިރުގަނޭ ރައީސް ޔާމީން މިނިވަން ކުރަން. އެބޭފުޅުންނަށް އެގޭ މިނިވަން ވެއްޖެނަމަ މިސަރުކާރަށް ދެމި ނޯވެވޭނެކަން. ރައީސް ޔާމީނަށް ދެމުންދާ އަނިޔާއާއި އަޅުގަނޑުމެން މިތިބީ ނިކަން ރަނގަޅަށް ކުރިމަތިލާން ތައްޔާރަށް، އެމަނިކުފާނު ވިދާޅުވިފަދައިން އަޅުގަނޑުމެން މިތިބީ މާދަމާ އިންތިޚާބު ބޭއްވިޔަސް މިސަރުކާރު ބޮޑުތަނުން ބަލިކުރަން ތައްޔާރަށް. ދިވެހި ރައްޔިތުން މިނާޤާބިލް ނާއިންސާފު ސަރުކާރަށް ވޯޓު ފޮށިން ނޫނެކޭ ބުނަން ތައްޔާރަށް.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އަނިޔާއާއި، ނާއިންސާފުން ކުރާ ކަންކަމަކީ އިދިކޮޅު ބަލިކޮށް ފަހަތައް ޖެއްސޭނެ ކަމެއްކަމަށް މިސަރުކާރުން މިއަދު ދެކިގެން އެކަން ކުރަމުންދާކަމަށެވެ. ރައްޔިތުން ތިބީ މިސަރުކާރުން ދެމުންދާ އަނިޔާއަށް އާދަވެ، އެއަށް ޖަވާބުދާރީވެ ވޯޓުން މިސަރުކާރު ބަލިކުރަން ތައްޔާރަށް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަރަބިނދުނު ކޮތަރު
ލާމަސީލު ވެރިއެއް. ގައުމަކަށް ބޭނުންވަނީ މިފަދަ ނަމޫނާދެއްކެވޭނެ ވަރުގެ ސާބިތުކަން ދެއްކެވޭނެ ވަރުގެވެރިން. ކުރިހުކުމް ތަންފީޒުކުރައްވަނީ ސާބިތު ކަމާއެކު ޑިމޮކްރަސީގެ ނަމޫނާދައްކަވަމުން ފިލާކަށް މަސައްކަތެއް ނުކުރައްވާ މިގައުމުގަ ތިބޭއެހެންވެރިންފަދައިން ފިޑިވެ ފަހަތައް ޖެހި ބިރުން ބަހަނާއެއް ނުދައްކަވާ . ކިތަންމެ ގިނައިލްޒާމުތަކެއް އެޅުވިއަސް ރައިސްޔާމީނަކީ ކުށެއްނެތި ޖަލުގެ ހުކުމް ތަންފީޒު ކުރައްވާ ކުށެއްނެތް ވެރިއެއްކަން ގިނަބަޔަކު ގަބޫލުކުރޭ . ރައިސްޔާމީން މިނިވަން ކުރޭ .