ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ފްރޭމްކުރަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށް ނޯންނާނެ ކަމަށާއި، އޭނާއަށް ކުރާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ނޫންކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބިދޭސީންނަށް ކޯޓާއާއި ވޯކް ޕާމިޓް ދޫކުރުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ބަންޑާރަނައިބު އުޝާމް ބޮޑެތި ކޮރަޕްޝަންތަކެއް ހިންގަވާފައިވާކަމަށް ޝަމްއާން ވަނީ ތުހުމަތުކުރައްވާފައެވެ. އެގޮތުން ކޮންމެ ކޯޓާއަކަށް 8،000 ރުފިޔާ އަދި އެޕްރޫވްކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1،800 ޑޮލަރު ނަގަމުންދާކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރައީސް އެކަން ގަބޫލުފުޅުނުކުރައްވައި، އެއީ މިނިސްޓަރު އިހުސާނާ މެދު ޒާތީގޮތުން ކުރައްވާ ކަމެއްކަމަށް ވިދާޅުވިކަމަށް ޝަމްއާން ފާހަގަކުރެއްވިއެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވަމުން އުޝާމް ވިދާޅުވީ، ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ބަންގްލަދޭޝް މީހެއްގެ އަތުން ފައިސާ ފޭރުނުކަމުގެ މައްސަލައެއް ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ސިޔާސީ ކަމެއް ނޫން ކަމަށެވެ. ދައުލަތުން ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ފޭރުމާއި، މަނީ ލޯންޑަރިންގ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ކޮމެންޓު ފޮނުވާ