ހަތަރު މަހުގެ މުސާރައާއެކު ފެނަކަ ކޯޕަރޭޝަނުން އަމިއްލައަށް ވަކިވުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެކަމަށް އެދެމުން އަންނަކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވީ ކުންފުނީގެ މުވައްޒަފުން މަދުކުރުމުގެ ގޮތުން މިމަހުގެ ތިންވަނަ ދުވަހު ހުޅުވާލި މި ފުރުސަތަށް، ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. މި ޕެކޭޖުގެ ދަށުން ކުންފުނިން ވަކިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަފީފު ވިދާޅުވީ ދީފައިވާ މުއްދަތު ހަމަވުމުން، މި ފުރުސަތުގެ ބޭނުން ހިފައި ކުންފުނިން ވަކިވާން އެދުނު މުވައްޒަފުންގެ ޖުމްލަ އަދަދު އާންމުކުރާނެ ކަމަށެވެ.
މުސާރައިގެ އިނާޔަތާއެކު ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމެއްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތުވެސް ފެނަކައިން މިހާރު ވަނީ މުވައްޒަފުންނަށް ހުޅުވާލާފައެވެ.
—
މި ލިޔުމަށް އިތުރު ބަދަލެއް ގެންނަން ބޭނުންފުޅުވާނަމަ، ދަންނަވާލައްވާށެވެ!
ކޮމެންޓު ފޮނުވާ