އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ކުރެއްވި މަޝްވަރާތަކަކަށްފަހު، އިސްރާއީލާއި އީރާނުން މަދުވެގެން އެއް ހަފްތާ ވަންދެން ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައިވާކަން އިއުލާންކުރައްވައިފިއެވެ.
އިއްޔެ ރޭ އީރާނުން އިސްރާއީލަށް ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވަނީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މި ހަމަލާތަކުގެ ތެރެއިން ބައެއް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވި ނަމަވެސް، އަނެއްބައި ހަތިޔާރު ވަނީ އެ ގައުމަށް ވެއްޓިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރުގެ ހަމަލާތައް ދިފާއުކުރުމުގައި އެމެރިކާއިން އިސްރާއީލަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވެއެވެ.
އީރާނުގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ރައްދު ދިނުމަކީ ކުށެއް ނޫންކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެހެންނަމަވެސް، ހަމަލާތައް ބަދަލުކުރުމަށްފަހު މިހާރު ދެ ގައުމުންވެސް ތިބީ ހަމަލާދިނުން މެދުކަނޑާލައިގެން ކަމަށާއި، މި ހުއްޓާލުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ދެމިގެންދާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ