އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އޮފީހުން ވަގަށް ނެގި ލެޕްޓޮޕެއް ހޯދައި، އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އޮފީހުގެ ސީސީޓީވީ ފޫޓޭޖްތައް ބަލައިގެން ވައްކަންކުރި މީހާ މިހާރު ވަނީ ދެނެގަނެވިފައެވެ. އަދި ވަގަށް ނެގި ލެޕްޓޮޕް ހޯދުމަށްފަހު، އޭގެ ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ވައްކަންކުރުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާއިރު، މިފަދަ މައްސަލަތައް ހައްލުކުރުމުގައި އޮފީސްތަކުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާތަކުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ