އިޒްރޭލުން އިރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އިޒްރޭލުން ބުނެފައިވާ ގޮތުގައި މި ހަމަލާތަކަކީ، އިރާނުން އެ ގައުމުގެ އުތުރުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އިރާނުން އިޒްރޭލަށް ހަމަލާދީފައިވަނީ، ލުބްނާނަށް ހަމަލާދިނުން ހުއްޓާލުމަށް އޮތް އެއްބަސްވުމާ ހިލާފަށް އިޒްރޭލުން ތަކުރާރުކޮށް ލުބްނާނަށް ބޮން އަޅަމުންދާތީ އެކަމާ ގުޅިގެންނެވެ.
އިރާނުގެ ވެރިރަށް ތެހެރާނާއި، ތަބްރީޒް އަދި އިސްފަހަން ސިޓީގައި ހުރި އަސްކަރީ މަރުކަޒުތަކަށް އިޒްރޭލުން ދިން މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އިރާނުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އިޒްރޭލުން އިރާނަށް މި ހަމަލާތައް ދީފައިމިވަނީ، އިރާނުގެ ހަމަލާތަކަށް ރައްދު ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައި ވަނިކޮށެވެ.
ކޮމެންޓު ފޮނުވާ