ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަޤާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް މިއަދު އައްޔަންކުރައްވައިފިއެވެ.
މީގެ ކުރިން ފުލުހުންގެ ތަރުޖަމާނުގެ މަޤާމު ފުރުއްވަމުން ގެންދެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާނެވެ. ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ޝިފާންގެ ބަދަލުގައި ޢާރިފް މި މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމާއެކު، މީޑިއާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުޢާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވެވަޑައިގަންނަވާނީ އޭނާއެވެ. މި ބަދަލަކީ ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގެނެވުނު ބަދަލެކެވެ.
ކޮމެންޓު ފޮނުވާ