ރައީސްގެ އެންގެވުމަށް، ހުރިހާ މިނިސްޓްރީއަކުން އަމިއްލަ އިސްނެގުމަށް މައުލޫމާތުތައް ހާމަކޮށްފި

ރައީސްގެ އެންގެވުމަށް، ހުރިހާ މިނިސްޓްރީއަކުން އަމިއްލަ އިސްނެގުމަށް މައުލޫމާތުތައް ހާމަކޮށްފި

Author
އަހުމަދު
07 ޖޫން 2026 08:51
0

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަރުކާރުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ އެއްގޮތަށް ދައުލަތުގެ ހުރިހާ މިނިސްޓްރީއަކުން އާންމުކޮށްފިއެވެ.

2014 ވަނަ އަހަރު އަމަލުކުރަން ފެށި މި ގާނޫނުގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު މި މައުލޫމާތުތައް އާންމުކުރަން ޖެހުނު ނަމަވެސް، މީގެ ކުރިން މިކަން ފުރިހަމައަށް ތަންފީޒުކުރެވިފައެއް ނުވެއެވެ. މިކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންވެސް މީގެ ކުރިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ހާއްސަ އެންގެވުމަކަށް، މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ފިޔަވައި ދައުލަތުގެ 14 މިނިސްޓްރީއަކާއި ރައީސް އޮފީހުން ވަނީ މި މައުލޫމާތުތައް ހާމަކޮށްފައެވެ. އަދި ބާކީ އޮތް ދެ މިނިސްޓްރީން މިއަދު ވަނީ އެ މައުލޫމާތު އާންމުކުރުމާއެކު، ގާނޫނުން ލާޒިމްކުރާ މިކަން ހުރިހާ ވުޒާރާއަކުން މިވަނީ ފުރިހަމަކޮށްފައެވެ.

ސަރުކާރުގެ އިދާރާތަކުން މިފަދައިން އަމިއްލަ އިސްނެގުމަށް މައުލޫމާތު ހާމަކުރުމަކީ އިންފޮމޭޝަން ކޮމިޝަނަރުވެސް އުފަލާއެކު ފާހަގަކުރައްވާފައިވާ ކަމެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިގޮތުގެ މަތިން އަމަލުކުރަމުން ގެންދިއުމަށާއި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކޮމިޝަނަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.